ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާއި ހައިކޯޓުގެ މުވައްޒަފުންނަށް ހިންގި ދިވެހިބަހުގެ ކޯސް ނިންމާލައިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނަށް ހިންގި ދިވެހިބަހުގެ ކޯސް ނިންމާލުމުގެ ގޮތުން ސެޓްފިކެޓް ހަވާލުކުރުން -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާއި ހައިކޯޓުގެ މުވައްޒަފުންނަށް ހިންގި ދިވެހިބަހުގެ ކޯސް ނިންމާލައިފިއެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާއި ހައިކޯޓުގެ މުވައްޒަފުންނަށް ވަކިވަކިން ބޭއްވި މި ދެ ކޯހަކީ ސަރުކާރުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމުގެ ދަށުން ދިވެހި ބަހުގެ އެކެޑަމީއިން ހިންގި ކޯސްތަކެކެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނީ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް، ލިޔެކިޔުންތައް ބެހެއްޓުމާއި، އަދަބު އިހުތިރާމާއެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމާއި، ދިވެހިބަހަށް މުވައްޒަފުން އަހުލުވެރި ކުރުން ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނަށް ހިންގި ދިވެހިބަހުގެ ކޯސް ނިންމާލުމުގެ ގޮތުން ސެޓްފިކެޓް ހަވާލުކުރުން -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ

އެގޮތުން މި ކޯހުގައި ކުރިއަށްގެންދިޔަ ބައިތަކުގެ ތެރޭގައި:

  • ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެ ގޮތް އޮޅުންފިލުވައިދިނުން.
  • ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު އޮޅުންފިލުވައިދިނުން.
  • ސާފު ރީތިބަހުން އިބާރާތްކުރާނެ ގޮތް ކިޔައިދިނުން.
  • ދިވެހިބަހުގެ ގަވާއިދާ އެއްގޮތަށް ސުކުންކުރާނެ ގޮތްތައް އޮޅުންފިލުވައިދިނުން.
  • ބަދަލުވާ އަކުރާއި ތާނައިގައި ތިކިޖަހައިގެން ލިޔާނެ އުސޫލު އޮޅުންފިލުވައިދިނުން.

އެކެޑަމީން ބުނީ މި ކޯހުގެ ކްލާސްތައް ކުރިއަށް ގެންދިޔައީ ފަސް ދަންފަޅިއަކަށް ބަހައިލައިގެން ކަމަށެވެ.

މި ދެ ކޯހުގެ ބައިވެރީންނަށް ކިޔަވައިދެއްވީ ދިވެހިބަހުގެ އުސްތާޛު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރާއި ގައުމީ ޔުނިވާސިޓީގެ ދެ ދާރިސުން ކަމުގައިވާ އަޒީޒާ އަފީފާއި ޢަބްދުﷲ ޖަމީލެވެ.

comment ކޮމެންޓް