އިއްޔެ ބީއެމްއެލްއިން ރުފިޔާ ކާޑަށް ޑޮލަރު ދޫކުރުން ހުއްޓާލަން އިއުލާން ކުރުމާ ގުޅުވައި ބަޣާވާތްކުރަން އުޅުނު ކަމަށް އިދިކޮޅަށް ތުހުމަތުކޮށް، ފުލުހުން މިރޭ އެ މައްސަލަ ތަހުގީގުކުރަން ފަށައިިފިއެވެ.
ބީއެމްއެލްއިން ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމިކަން އިއްޔެ އިއުލާންކުރުމާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. އޭގެ ތެރޭގައި ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތައް ހިމެނޭއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން އޭރު ގެންދިޔައީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުންނެވެ.
އިއްޔެގެ ބީއެމްއެލްގެ ނިންމުމާ ގުޅުވައި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އެ ބައްދަލުވުން ބޭއްވި އެ ވަގުތު ސޯޝަލް މީޑިއާ އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއު އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދައިފައިވާތީ، އެކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރި ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ބަޔާނުގައިވެއެވެ.
އެހެންވެ، އެ މައްސަލަ ފުލުހުންގެ ފަރާތުން ތަހުގީގުކުރަން ފެށީ ކަމަށް ބަޔާނުގައިވެއެވެ.
ބީއެމްއެލްއިން ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫނުކުރަން ކުއްލި ގޮތަކަށް ނިންމުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރި ފަރާތްތަކުގެ ތެރޭގައި ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ބޭރުން މުދާ ގެންނަ ކުދި ވިޔަފާރިތައް ހިންގާ ފަރާތްތައް ހިމެނެއެވެ. އެ މައްސަލައިގައި ސިޔާސީ ކޯޅުންތައް އިތުރުވިއިރު، ސަރުކާރަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން ވެސް އިދިކޮޅުން ބަޣާވާތް ކުރަން އުޅުނުކަމުގެ ތުހުމަތު ކުރިއެވެ.
ނަމަވެސް އިއްޔެ ހަވީރު ބީއެމްއެލްއިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިރުޝާދަށް، ރުފިޔާ އެކައުންޓަށް ޑޮލަރު ދޫކުރަން އަލުން ނިންމައިފައެވެ.
ބީއެމްއެލްއިން ނިންމުން ބަދަލުކުރިކަން އިއުލާން ކުރި ފަހުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، ބީއެމްއެލްއިން ޑޮލަރު ދޫނުކުރަން ނިންމީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ ޚިލާފަށް ކަމަށް ބުނެފައެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ޑޮލަރު މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ސަރުކާރާއި ބޭންކާ ދެމެދު މަޝްވަރާތައް ކުރި ކަމަށެވެ. އެހެންނަމަވެސް، ބޭންކުން އަމަލު ކުރީ ސަރުކާރާ މަޝްވަރާކޮށްފައި އޮތް ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
comment އިނާ
8 month 3 week ago
ރައީސް ބުނެބުނެ އޮއްވާވެސް ފޫގަޅާފަ ޑޮލަރު ކަނޑާލީމަ ރީތިވެއްޖެތަ. ތިބުނާ މޮޅު ޕްރޮފެޝަނަލް މީހުންގެ ނިންމުންތަތީ. އަނބުރާ ގެންނަންޖެހުނީމާ ލަދެއް ނުގަނޭތަ. ސީއީއޯ އާއި ބޯޑު ޑިރެކްޓަރުން އިސްތިއުފާދީފަ ދިއުމަށް ގޮވާލަން.
comment އިއްލި
8 month 3 week ago
މާބޮޑަށް ރައީސް ހެޔޮބޮޑުވެ ނުލައްވާ، މައިތިރި ނުވެގެން ތިއުޅޭ މީހުން މައިތިރި ކުރައްވާ! އެހެންނޫނީ ދެން ކުޅޭ ކުޅިގަނޑު މާ ނުބައިވެދާނެ. ރައްޔިތުން ވާނީ އެމީހުން ސައިޒް ކޮށްފަ، ދެން ރައީސް ދޫނުދެއްވާ!
comment ޅަހުއްތު
8 month 3 week ago
ސަރުކާރައް ތާއީދުކުރާ ބަޔަކު މަގުތަކައްއެއްވެ ހަމަނުޖެހުން ހިންގާކައް ނުގޮވާނެދޯ. އެހެންވީމަ ދެން އެހެން އިއްޔެގޮވީޔާ ގޮވީ ސަރުކާރާ ދެކޮޅުމީހުން. އެކަން ވަރައްސާފު
comment އައިޖު
8 month 3 week ago
ތިވާނީ އިހަށް ދުވަހު ބުޅާ ބާގާ ހަދަނިކޮއް ހައްޔަރުކުރި ބަނގުލަދޭޝްމިހާ އޭނާ ޑީޕޯޓުކުރަން އުޅޭތީ ބީއެމްއެލް މެދުވެރިކޮއް ބަގާވާތްކުރީކަމަށް.
comment އިނޫ
8 month 3 week ago
ބޮލީވުޑު ބަގާވާތް.. ދޮލަނގޭމެން ބޭޒާރު.