Dhiraagu
Dhiraagu

ބީއެމްއެލް ރުފިޔާ ކާޑުތަކަށް ދެން ޑޮލަރެއް ނުލިބޭނެ، ކްރެޑިޓް ކާޑުތަކަށް ލިބޭނީ 100 ޑޮލަރު

މީހަކު ޑޮލަރުތަކެއް ގުނަނީ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ބޭންކްގެ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް އެ ބޭންކްގެ ކާޑުތަކުން ކުރެވޭ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ލިމިޓަށް މިއަދު ބޮޑު ބަދަލެއް ގެނެސްފިއެވެ.

Ooredoo

ބީއެމްއެލްއިން ބުނީ، އެ ބަދަލު ގެނައީ ކާޑުތަކުން ކުރާ ބޭރު ފައިސާގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައި ހުރުމުން ކަމަށެވެ.

ބީއެމްއެލްގެ ބަޔާނުގައި ވާގޮތުން:

  • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ތެރެއިން ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓަކަށްވާނަމަ ބޭރު ފައިސާގެ ގޮތުގައި ދެން އެއްވެސް އަދަދެއް ނުލިބޭނެ
  • މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކަށް ވެސް ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ ގޮތުގައި އެއްވެސް އަދަދެއް ނުލިބޭނެ
  • މިހާރު ދޫކޮށްފައިވާ ސްޓެންޑާޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް ވެސް މަހެއްގެ މައްޗަށް ލިބޭނީ 100 ޑޮލަރު

މި ކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް ވިދާޅުވީ، ބޭންކަށް ވިއްކޭނީ އެ ބޭންކަށް ގަންނަން ލިބޭ ޑޮލަރު ކަމަށެވެ.

އެ ގޮތުން، މި އަހަރު ކަސްޓަމަރުން އަތުން ބީއެމްއެލްއަށް ގަންނަން ލިބުނީ 60 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ކާޑުތަކުން ބޭނުންކުރާ ބޭރު ފައިސާގެ އަދަދު އޭގެ ތިން ގުނަ ބޮޑުވެފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

"ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާ ކަމެއް. ތަފާސްހިސާބަށް ބަލާއިރު ކާޑު ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔަފާރިއަށްވުރެ އިގުތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 އިންސައްތަ ދަށް،" ކާލް ސްޓުމަކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބޭންކްގެ އެންމެ މަތީ މަސްލަހަތަކީ ޑިޕޮސިޓަރުންނަށް ރައްކާތެރިކަން ދިނުން ކަމަށެވެ. އެހެންވެ، އޭނާ ވަނީ މަހުން މަހަށް ކެނޑޭ ބޭރު ފައިސާގެ މުއާމަލާތްތައް މެދުނުކެނޑި ކުރިއަށް ގެންދަން ކާޑުގެ ޕްރައިމަރީ އެކައުންޓު ޑޮލަރު އެކައުންޓަކަށް ބަދަލުކުރަން އިލްތިމާސްކޮށްފައެވެ.

އޭނާ ވަނީ މި ބަދަލަކީ ބޭންކްގެ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއް ކުރާނެ ބަދަލެއްކަން ގަބޫލުކުރައްވައިފައެވެ.

"މިއީ މުހިންމު އިގުތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މި ވަގުތުގެ ހާލަތަށް ބޭންކުން ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް،" އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރިން ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން 250 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ. އަދި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުންކުރެވެއެވެ.

ބީއެމްއެލްއިން ޑޮލަރު ލިމިޓެއް ކަނޑައެޅީ ކޮވިޑްގެ ދުވަސްވަރު ދިމާވި އިގުތިސާދީ ދަތިތަކާ ގުޅިގެން ޑޮލަރު ލިބުމުގައި ދަތިތައް ދިމާވުމުންނެވެ. އެ ލިމިޓު ކަނޑައެޅިތާ ހަތަރު އަހަރުވީއިރު ވެސް ޑޮލަރު ބޭނުން ކުރެވޭ އަަދަދު ބޮޑު ނުކުރާތީ ބޭންކަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައެވެ.

އެގޮތުން، މިދިޔަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ނެގޭ މިންވަރު 750 ޑޮލަރުން 1200 ޑޮލަރަށް އިތުރުކުރާނެ ކަމަށް، ސަރުކާރުން ޖެނުއަރީ މަހު އިއުލާންކުރިއެވެ. ނަމަވެސް، އެ ބަދަލު ގެނެވިފައިނުވެއެވެ.

ބީއެމްއެލްގެ ބޯޑުން މިއަދު ރުފިޔާ ކާޑަށް ޑޮލަރު ކަނޑާލަން ނިންމިއިރު، އެ ބޭންކަށް 42 އަހަރު ޚިދުމަތް ކުރައްވާފައިވާ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ބޯޑުން ވަކިކުރަން ނިންމައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ އޭނާއަށް ސިޓީއެއް ފޮނުވައިފައެވެ.

އެހެންނަމަވެސް، ބީއެމްއެލްއަކީ ރައްޔިތުން ހިއްސާވާ ކުންފުންޏެއް ކަމުން، އެ ކުންފުނީގެ ބޯޑު މެންބަރުން ވަކި ކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުން ފާސްކޮށްގެންނެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެ ބޭންކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، ބީއެމްއެލްގެ ހުރިހާ ނޮންއެކްޒެކެޓިވް މެންބަރުން އޭރު ވަކިކުރި ނަމަވެސް ފަހުން އޭގެ ތެރެއިން ދެ ޑިރެކްޓަރަކު ވަނީ މަގާމަށް އައްޔަންކޮށްފައެވެ.

ރާއްޖޭގައި މިހާރު ޑޮލަރެއް ހުރީ 18:30 ރުފިޔާއަށެވެ. މި ބަދަލާ އެކު ޑޮލަރުގެ ލިމިޓު އިތުރަށް ބޮޑުވެދާނެ ކަމަށް އިގުތިސާދީ ބޭފުޅުން ލަފާކުރެއެވެ.

Redstar
comment ކޮމެންޓް

comment ޢިމް

8 month 3 week ago

ބިދޭސީން އަތުން ރެމިޓެންސް ޓެކުސް ނަގާ..

comment ނިޒް

8 month 3 week ago

ދިވެހިން ރާއްޖޭން ބޭރަށް ދަތުރުކުރުންވެސް ހުއްޓާލަަންވީ.

comment އަހުމަދު މީމު

8 month 3 week ago

ހެޔޮބަދަލެއް ރައްޔިތުމީހާ އުފަލުން ފޮޅެނީ ވެރިކަން ކުރަން ނޭގޭ ތީ ވާގޮތެއް

comment ސިމް

8 month 3 week ago

ތި ކިޔާއެއްޗެއް ދިމައެއްނުވޭ.. ހައްތަހާވެސް ނޫހުން ފެންނަނީ ޓޫރިސްޓުން އިތުރުވާ ވާހަކަ. އެރައިވަލްސް އުފުލޭވާހަކަ. ދެން ކޮބާތޯ ޑޮލަރު ތިހާވަރަށް ތާށިވާންޖެހޭ ސަބަބެއް.؟ އިހަށް ދުވަހުނޫންތޯ ރައީސުލް ޖުމްހުރިއްޔާ އިންޑިޔާއަށް ތަބާވެގެން ދަރަނިތަކެއް ފަސް ކޮއްދިންވާހަކަ ނޫސްތަކުގަ ޖެހީ. އެހެންވިއްޔާ މިހާރު ދައްކަންޖެހޭ ދަރަނިވެސް މިއަހަރު ލައްކަ ކުޑަވާންޖެހޭނެ ނޫންތޯ

comment ޝިއު

8 month 3 week ago

ރާއްޖެއިން މިހާރުމިދަނީ ދުބާއިގެ ކުލަވަރު ފެނެމުންތާ... ދެން އޮތީ ކަނޑުން ބިންގަރާސް ހަދައި ޝޮޕިންމޯލް ހުޅުވުން..

reply ޝާމް

8 month 3 week ago

މިތާގަ ދެން މިހާރު އޮތީ ބުރުޖުމާލޭ ޓަވަރު އެޅުން. އެއީވެސް އާސަހަރާގަ.

comment ޝިއު

8 month 3 week ago

ދޮގުދޮލަނގޭ ސަރުކާރުން މިއޮތީ ރައްޔިތުން ބިކަކޮއް އެއްލާލާފަ. އެކަމަކު އެމްބަސީތަކުގަ ތިބި ސިޔާސީ މުއައްޒަފުންނަށް އަދިވެސް ލައްކައިން މުސާރަ އެބަދޭ.

comment މައްލި

8 month 3 week ago

ރާއްޖޭގެ ރައްޔިތުން ނުހަނު އިތުބާރުކޮށް ރައީސް އެއް ހޮވާ، ރައްޔިތުންގެ މަޖްލީހުގެ އަގްލަބިއްޔަތު މި ދިނީ ދިވެހި ރައްޔިތު މީހާ މިބުނާ ހިތިބޭސް، މި ހިތި ބޭސް ބޯން މި އުފަންކުރުވި ފަރާތްތަކާ އެކުއެކީ ބޯށެވެ. އެ ފަރާތްތައް އެއްކިބާކޮށް، އާންމު ރައްޔިތު މީހާ އެކަނި މި ހިތި ބޯކަށެއް ނޫނެވެ. ދިވެހީންގެ އާދޭހަކީ މިއަދު ވެރިކަމުގައި ހުންނެވި ފަރާތުން މިކަން ރަނގަޅަށް އެނގުމެވެ. އަދި ރާއްޖެއަށް ބޭރު ފައިސާ ދައުރުވުމެ ފަސޭހަ ވާނެގޮތަކަށް ވީހާވެސް އަވަހަކަށް ފިޔަވަޅުތައް އަޅައިދިނުމެވެ. ހިތި ބޭސް ބޯނީކީ ހަމައެކަނި ނިކަމެތި ރައްޔިތު މީހާ އެއް ނޫން.

reply ޝާއިނާ

8 month 3 week ago

މިހާރު މިއުޅެނީ ބޯންޖެހޭ ބޭހެއް ނޫނެވެ. މިއީ މިސަރުކާރުން ކުރީގައި ފިޔަވަޅުއަޅައި ސިޔާސީ މަގާމުތަށް މަދުކޮއް ހަރުދަނާ ފިޔަވަޅު އެޅިނަމަ އަދި ފޮރިން ޕޮލިސި ހަރުދަނާކުރިނަމަ ބޯންޖެހޭނެ ބޭހެއް ނޫނެވެ. މުޅި ގައުމުގަ ދޮގުދޮލަނގު އަނބުރާފަ ނުވާތާކަށް ވައުދު ގޯނި އަނބުރައިގެން ރައްޔިތުން ލޮލުގަ އަނދުން އަޅުވައިގެން ނެތް ގާބިލުކަމާއި އެކީ ވެރިކަމާ ހަވާލުވީމާ ވާނެ ހަތެރެތި ވެގެން މިއުޅެނީ.

comment އަޖައިބެއް

8 month 3 week ago

ޓޫރިޒަމްއިން ލިބޭހާ ނޫނީ ލިބެންވާހާ ޑޮލަރު ކޮބާ؟؟

reply ސުޕޭ

8 month 3 week ago

އެހެރީ ނޫންތޯ ލިބި ލިބި..

comment ބޭރުގަ

8 month 3 week ago

ބޭރުގައި ކިޔަވާ ކުދިން ކިހިނެށް ދިރިއުޅެވޭނި؟

comment ކޮސް

8 month 3 week ago

ބީއެމްއެލް އިން ޑޮލަރު ގަންނަނީ 15 ރުފިޔާ އަށް ދެން މޮޔަވެފައި ހުރި މީހަކުވެސް ޕްރައިމަރީ އެކައުންޓަށް ޑޮލަރު އެކައުންޓު ލިންކު ކުރާނެތޯ؟؟

comment އޮރެންޖްބެރީ

8 month 3 week ago

ބިދޭސީންނާ ދެކޮޅަށް ސަރުކާރުން ކެމްޕެއިން ހިންގާ އާްންމުންގެ ފޯކަސް ގެއްލުވާލާފަ، މިހިރީ ދިވެހިންނަށް ހެދިގޮތް. ބިދޭސީ މޭވާ ވިއްކާ މީހާ ކުށްވެރިކުރިފަހުން، ދެން ފެނުނީ މޭވާ ވިއްކާ އަގު އިންތިހާ އަށް ވިޔަފާރިވެރިން ބޮޑުކުރިތަން. ދެން އަނެއްކާވެސް ބިދެސީންނޭ ކިޔައިގެން ވާހަކަތަކެއް ފަތުރާ ދިވެހިން އެކަމުގައި ވަގުތުތައ ސޯޝަލް މީޑިއާގައި ހޭދަކުރުވާފައި، މިއޮތީ ދިވެހިންނަށް ހެދިގޮތް. އަދިވެސް ހޭލާ ވާނުވާ ބަލާކަށް ނުވޭތަ؟

comment މައްލި

8 month 3 week ago

ރާއްޖޭގައި މިވަގުތު 40،000 އަށްވުރެގިނަ ރިސޯޓް އެންދު ހުރިކަމަށް ޓުއަރިޒަމް ވުޒާރާގެ ތަފާސްހިސާބު ދައްކާ. އެވްރެޖްކޮށް އަހަރެއްގެ އޮކިޔުޕަންސީއަކީ 70% ކަމަށް ބަލަމާ. އެއީ އަހަރަކަށް 10،220،000 ބެޑްނައިޓްސް. ކޮންމެ ބެޑްނައިޓްއެއް ޔޫއެސްޑީ 250 ރެޔަކަށް ހޭދަކުރިޔަސް ,އަހަރެއްގެ މައްޗައް ރިސޯތް ތަކުން ޔޫއެސްޑީ 2،555،000،000 (2.5 ބިލިޔަން – ވިތް އަ ބީ) ރާއްޖެއަށް އެބަ ލިބޭ. މިއީ އެވްރެޖްކޮށް މަހެއްގެ މައްޗައް 212.9 މިލިއަން ޔޫއްސްޑީ.

reply ސަން ޒާރާ

8 month 3 week ago

ރިސޯޓް އޯނަރުން ޑޮލަރު އަޅާ ބޭންކް އެއް ބަލަން އެބަޖެހޭ

reply މައްލި

8 month 3 week ago

ބޭރު ފައިސާއިން ކުރާ އިންވޮއިސް އަކަށް ލިބޭ ބޭރު ފައިސާއެއް އެ އިންވޮއިސް ކުރާ ރާއްޖޭގައި ރަޖިސްޓްރީ އޮންނަ ރާއްޖޭގައި އޮންނަ އެކުންފުނީގެ ބޭރުފައިސާ އެކައުންޓަށް ޖަމާނުރުކިޔަސް ހެޔޮ. އެކަމަކު އެފަރާތް ތަކުން ބޭރުން އެއްޗެއް އިމްޕޯރޓް ކުރަން ބޭނުން ވެއްޖިއްޔާ ބޭންކް ތަކުން ޑޮލަރު ނުލިބޭކަމަށް ނުވަތަ ލިބުން ދަތިކަމަށް އަބަދުވެސް ބުނެ އުޅޭ. ޖެހެނީ ކަޅު ބާޒާރުން ދޮލަރު ގަންނަން ޖެހޭކަމަށް. އެސްއޯއީ އެއް ވިޔަސް މި ޖެހެނީ ކަޅުބާޒާރުން ޑޮލަރު ގަންނަން.