ބީއެމްއެލްގެ ބޯޑު މެންބަރުކަމުން އައިޝަތު ނޫރައްދީން ވަކިކޮށްފި

ބީއެމްއެލް ގްރެޖުއޭޓް އިންޓާންޝިޕް 2022 ފެށުމުގެ ރަސްމިއްޔާތުގައި އެކްޓިން ސީއީއޯ އާއިޝަތު ނޫރައްދީން ވާހަކަ ދައްކަވަނީ --- ސަންފޮޓޯ/ ނާއިލް ހުސައިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރުކަމުން ވަކިކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އައިޝަތު ނޫރައްދީން ވަކިކުރިކަން އަންގައި، އޭނާއަށް ސިޓީ ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

ބޯޑު މެންބަރުކަމުން އައިޝާ ނޫރައްދީން ވަކިިއިރު، އޭނާ ބީއެމްއެލްއަށް ޚިދުމަތް ކުރައްވާތާ 42 އަހަރުވަނީ ވެފައެވެ.

މި އަހަރުގެ ޖެނުއަރީމަހު ވެސް ޕީސީބީން ބީއެމްއެލްގެ ފަސް ޑިރެކްޓަރުން މަގާމުން ވަކިކުރިއެވެ. އެހެން ނަމަވެސް ފަހުން އެ ނިންމުން ބާތިލްކޮށް، އެ ބޭފުޅުންނަށް އަލުން މަގާމު ދިނެވެ.

ފަހުން އެ ބޭފުޅުން ވަކިކުރީ އެ ކުންފުނީގެ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

ބީއެމްއެލްއަކީ ރައްޔިތުން ހިއްސާވާ ކުންފުންޏެއް ކަމުން، އެ ކުންފުނީގެ ބޯޑު މެންބަރުން ވަކި ކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުން ފާސްކޮށްގެންނެވެ.

comment ކޮމެންޓް