މާލޭ މަގުމަތިން މީހަކަށް ވަޅިން ބިރުދައްކައި، ފޯނެެއް ފޭރުނު ކަމަށް ތުހުމަތުވާ އަންހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ، ބުރުނިއާގެ ޝާނާ މުޙައްމަދު ޖުނައިދު (26އ) އެވެ.
މި މައްސަލައާ ގުޅުވައި ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޝާނާ ހައްޔަރުކުރީ މާލޭ މަގުމަތިން މީހަކަށް ވަޅިން ބިރު ދައްކައި، ފޯނު ފޭރުނު މައްސަލައަކާ ގުޅިގެން ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީގެ މައްސަލަތައް ވެސް މާލެ ސަރަހައްދުގައި ވަނީ އިތުރުވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 2620 މައްސަލަ ހުށަހަޅައިފައިވެއެވެ. އަދި މާރާމާރީގެ 425 މައްސަލަ ވެސް ހުށަހަޅައިފައިވެއެވެ.
comment މިތުރު
7 month 6 day ago
މިފެންނަނީ ހަމަހަމަ ކަމެވެ.ހައްޤު އަދަބުދޭ ތަނެއް މިޤައުމަކު ނުހުރެއެވެ.ކޯޓުތަކުން މަރަން ޙުކުމްކޮށްފައިވާ ކިތައްމީހުން ޖަލުގައި އެބަތިބި ހެއްޔެވެ؟ޙައްޤު އަދަބު ދޭނީ ކޮން އިރަކު ހެއްޔެވެ؟
comment އަހުމަދު
7 month 6 day ago
ރަގަނޅު ، ބަންދު ކުރަންވީ އަވަހަށް ސަރީއަތް ކޮށް ހައްގު އަދަބު ދޭންވީ، އޭރުން މިގައުމުގެ ކަންކަން ދާނީ ހަމަ މަގަށް
reply މާހިރާ
7 month 6 day ago
ޢަދި އަދަބުން ސަލާމަތްވީމާ، ވަކި މުއްދަތަކަށް ރަށުގައި އުޅުމަށްވެސް އަންގަންވީ.