ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފި

ކަނޑިތީމު: ކަނޑިތީމުގައި ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނި -- ފޮޓޯ/ މޯލްޑިވްސް ވާޗުއަލް ޓުއާ

ށ. ކަނޑިތީމުގައި ސިހުރު ހެދުމުގެ ތުހުމަތުގައި ރޭ އެ ރަށު ގެތަކެއް ބަލައި ފާސްކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ކަނޑިތީމުގައި ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ގެތަކެއް ބަލައި ފާސްކުރީ ކޯޓު އަމުރުގެ ދަށުން ކަމަށް ފުލުހުން ފާހަގަކުރިއެވެ. ނަމަވެސް ފާސްކުރި ކިތައް ގެ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ މަންޒަރު ދުށް ފަރާތަކުން "ސަން"އަށް ބުނީ ބަލައި ފާސްކުރި ބައެއް ގެތަކުން ފުލުހުން ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށެވެ.

ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް މީހުން ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް