މޯލްޑިވިއަނުން ޑާކާއަށް ކުރާ ދަތުރުތައް މަދުކޮށްފި

މޯލްޑިވިއަން ފްލައިޓެއް --- ފޮޓޯ/އެއާވޭޒް މެގަޒިން

ޤައުމީ އެއާލައިން މޯލްޑިވިއަނުން ބަންގްލަދޭޝްގެ ޑާކާއަށް ކުރަމުންއައި ދަތުރުތައް މަދުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަނުން ބުނީ މިހާރު ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތައް މަދުކޮށްފައި ވާކަމަށެވެ. އެގޮތުން ކުރިން ހަފުތާއަކު ދެދުވަހު ދަތުރުތައް ކުރި ނަމަވެސް، މިހާރު ޑާކާއަށް ދަތުރު ކުރަނީ ކޮންމެ ހަފުތާއަކު އެއް ދުވަހުއެވެ.

"މިހާރު ދަތުރުތައް މަދުކޮށްފި. ކުރީގަ ކުރާނެ ކޮންމެ ހަފުތާއަކު ދެފަހަރު ދޯ. މިހާރު ދަތުރު ކުރާނީ ކޮންމެ ހުކުރު ދުވަހެއްގަ އެކަނި." މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

ބަންގްލަދޭޝްގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން މޯލްޑިވިއަނުން ވަނީ އެ ގައުމަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައެވެ.

https://sun.mv/195142

މިކަމާ ގުޅިގެން މޯލްޑިވިއަނުން ބުނީ އެ ހަމަނުޖެހުންތަކާ ގުޅިގެން ހުރިހާ އެއާ ކްރާފްޓްތަކަށް ދަތުރުކުރުން މަނާ ކުރުމުން އެއް ހަފުތާގެ ދަތުރު ކެންސަލް ކުރިކަމަށެވެ. ނަމަވެސް ޝެޑިއުލާ އެއްގޮތަށް ދަތުރުތައް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ޑާކާއަށް ކުރަމުންއައި ދަތުރުތަކަށް ބަދަލު އައިސްފައި ވަނީ ބަންގްލަދޭޝްގައި އެގައުމުގެ ސަރުކާރުން، ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް އަޑުއުފުލައި، މިދިޔަ ޖުލައި މަހުން ފެށިގެން ކުރަންފެށި މުޒާހަރާތަކާ ގުޅިގެން އެގައުމަށް ދަތުރުކުރުން މަނާކުރުމުގެ ސަބަބުންނެވެ.

comment ކޮމެންޓް