މުޑުދާރުކޮށް ކާބޯތަކެތި ހަދާ ތަންތަން އާދަޔާ ޚިލާފަށް ގިނަ، އެ ކަން ހުއްޓުވާނަން: އިހުސާން

20 އޯގަސްޓު 2024: އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

މުޑުދާރުކޮށް ކާބޯތަކެތި ހަދައި ތަންތަން އާދަޔާ ޚިލާފަށް ގިނަ ކަމަށާއި އެ ފަދަ ތަންތަން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރުވަނީ ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައާ ގުޅިގެން ހިންގާ އޮޕަރޭޝަންތަކުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

މިފަހުން ފެންމަތިވެފައިވާ އެންމެ ކަންބޮޑުވުންހުރި ޚަބަރުތަކަށް އަލިއަޅުވައިލައި، މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ބިދޭސީން އިސްވެ ތިބެ ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން އާދަޔާ ޚިލާފަށް ގިނައިން ފާހަގަވެފައިވާ ކަމަށެވެ.

"އޭގެތެރޭގައި އަޅުގަނޑުމެން ހަމަ ހައިރާންވާ ވަރަށް އެކި ބާވަތްބާވަތް ހަދާ ތަންތަން ވެސް އެބަހުރި. ތެލުލިފަތުން، ގުޅައިން ފެށިގެން ގޮސް ދުފާ އެއްޗިއްސާ ހިސާބަށް ހުރިހާ އެއްޗިއްސެއް،" އިހުސާން ވިދާޅިވިއެވެ.

އެހެންނަމަވެސް ކާބޯތަކެތި ރައްކާތެރިކަމުގެ ބިލް މަޖިލީހުން ފާސްކޮށް ތަސްދީގުކުރައްވައިފައިވާއިރު އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެއަށް އަމަލުކުރަން ފެށުމާއެކު ކާބޯތަކެތި އުފައްދަނީ ވަކި އުސޫލަކުންކަން ކަށަވަރުކުރަން އިތުރަށް ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ތަންތަނުގައި ކާބޯތަކެތި އުފައްދާކަމުގެ މައުލޫމާތު ލިބުމާއެކު އެ ތަންތަން ރެއިޑުކޮށް ބެލުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަކަމަށެވެ.

https://sun.mv/195691

އަދި މުޑުދާރުކޮށް ކާބޯތަކެތި އުފެއްދުމުގެ މައްސަލަ އެއްކޮށް ހައްލުވަންދެން އެ ކަން ކުރާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

ދިވެހީން އާންމުކޮށް ކެއުމަށް ބޭނުންކުޜާ ތެލުލިފަތް، ފަދަ ތަކެއްޗާއި، ފޯއް، އަދި އެ ނޫން ބާވަތްތައް ވެސް ނުތާހިރުކޮށް ތައްޔާރުކުރާ ތަންތަން މި ފަހުން ވަނީ ހޯދައިފައެވެ.

އެ ކަމާ ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް