ބުޅާ މަސް ކައްކައި ވިއްކާކަމުގެ ރިޕޯޓް މިއަދު ފުލުހަށް ހުށަހެޅިން: މިނިސްޓްރީ

ބުޅާމަސް އަޅައިގެން ކައްކައި، އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މީހާ: އޭނާ ހޯދަން އިމިގްރޭޝަނުން ވަނީ އިއުލާންކޮށްފައި --- ފޮޓޯ/ ސޯޝަލް މީޑިއާ

ބުޅާ ކަތިލައި، އޭގެ މަސް އަޅައިގެން ކާތަކެތި ތައްޔާރުކޮށް، ޕާރުސަލްގައި އެ ތަކެތި ވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިއަދު ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފިއެވެ.

ބުޅާމަސް އަޅައިގެން ކައްކާކަމުގެ ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އަރަފާތު ހޮސައިން ފަސް ދުވަހުގެ ތެރޭގައި އިމގްރޭޝަނަށް ހާޒިރުވުމަށް އެ އިދާރާއިން މިއަދުވަނީ އަންގައި، އެ ކަން އިއުލާންކޮށްފައެވެ.

https://www.sun.mv/195689

މި ކަމާ ގުޅިގެން އެނިމަލް ވެލްފެއާ މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ބުޅާ މަސް އަޅައިގެން ކެއްކި ކަމުގެ ތުހުމަތުކުރެވޭ މައްސަލަ މިނިސްޓްރީއަށް ހުށަހެޅީ އާންމު ފަރާތަކުން މިއަދު ހެނދުނު ކަމަށެވެ. އެއާ އެކު މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވިދާޅުވީ އެ މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީން ވެސް މި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، އަޙުމަދު ޝިފާން "ސަން"އަށް ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ވެސް ކުރަމުން އަންނަ ކަމަށެވެ.

މި ބިދޭސީ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، [email protected] އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

comment ކޮމެންޓް