އަމާޒަކީ 2026ވަނަ އަހަރު 3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން: ފައިސަލް

އަމާޒަކީ ރާއްޖެއަށް އަހަރަކު ތިން މިލިއަން ފަތުރުވެރިން ގެނައުން: ފައިސަލް -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ނިމޭއިރު، އަހަރަކު ތިން މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ އަމާޒެއްކަމަށާއި 2026ވަނަ އަހަރު އެ ކަން ހާސިލްކުރުމަކީ އަމާޒެއްކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމާއެކީ، 2026 ގެ ނިޔަލަށް ތިން މިލިއަން ފަތުރުވެރިން އަންނާނެކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރައީސް ޑރ މުއިއްޒުގެ ދައުރު ނިމިގެންދާއިރު ރާއްޖޭގެ ތާރީޙުގައި އެންމެ ގިނަ ފަތުރުވެރިން. އެއީ ތިން މިލިއަނާއި ހަތަރު މިލިއަނާއި ދެމެދު ރާއްޖެ އައުން،" މިނިސްޓަރު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޓޫރިޒަމް ދާއިރާއަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ ލިބޭ ދާއިރާކަމަށެވެ. ނަމަވެސް މިހާރު ދާއިރާގެ އާމްދަނީ ދަށަށް ދަމުންދާކަމަށް ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، އެއީ ރިސޯޓްތަކުގެ ލަގްޒަރީ އެނދުތަކުގެ އަދަދު ދައްވަމުންދާތީކަމަށެވެ. އަދި މިހާރު އެކަމުގެ ޑޭޓާ އެއްކުރުމަށްފަހު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އަމާޒެއް އިންޑިއާ މާކެޓް އަދި ޗައިނާ މާކެޓްގެ ގިނަ އަދަދެއްގެ ފަތުރުވެރިން ގެނައުން. މިސާލަކަށް ފަސް ލައްކަ ފަތުރުވެރިން، އިންޑިއާއިން ނުވަތަ ޗައިނާއިން،" އެ ދެ މާކެޓުން އެކަނި ވެސް ފަސޭހައިން އެއް މިލިއަން ފަތުރުވެރިން ހަމަވާނެކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މިއަހަރުގެ އަމާޒާކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ހަމަކުރުން ކަމަށާއި، އިންޑިއާ އަށް އަމާޒުކޮށްގެން މި މަސައްކަތް ކުރެވިއްޖެނަމަ މި އަމާޒު ހާސިލްކުރުމަށް ފަސޭހަވާނެ ކަަމަށެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ތިން ގައުމުގެ ތެރޭގައި އިންޑިއާ މާކެޓު ހިމެނުމަކީ އަމާޒެއްކަމަށް ފައިސަލް ވިދާޅުވިއެެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އިންޑިއާ ހަވަނައިން ނަގައި، ޓޮޕް ތިނަކަނަށް ލުން،" ފައިސަަލް ވިދާޅުވިއެވެ.

ހަމަމިއާއެކު ޓާމިނަލް ހުޅުވުމާއެކު އިތުރު އެއާލައިންތަކުން ރާއްޖެއަށް އަންނާނެ ކަމަށާއި އެމްއޭސީއެލާ ގުޅިގެން ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

އަދި އިންޑިއާގައި ބޭއްވި ރޯޑްޝޯގައި ސިވިލައިޒޭޝަން މިނިސްޓަރާ ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާގެ ދެމެދު އޮތް ގުޅުން އިތުރުކުރުމަށާއި، ރާއްޖެއަަށް އިތުރު އެއާލައިން ގެނައުމުގެ މަޝްވަރާ ކުރެއްވި ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރާއެކު އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމާއި ރާއްޖޭގެ ފަތުރުވެރިކަަމަށް އިންޑިއާގެ އިންވެސްޓްމެންތަކެއް ހެދުމަށް މަޝްވަރާކުރެވުުނުކަމަށެވެ.

އެގޮތުން ބަރެސްދޫ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމާއި އައްޑޫގެ ފަތުރުވެރިކަން ތަރައްގީކޮށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ސްކޯލާޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޓާމިނަލް ހުޅުވުމާއެކު އިތުރު އެއާލައިންތަކުން ރާއްޖެއަށް އަންނާނެ ކަމަށާއި ރާއްޖެއާ އިންޑިއާގެ އެއާ ކަނެކްޓިވިޓީ ރަނގަޅުވެގެން ދާނެ ކަމަށެވެ.

https://sun.mv/195236

އިންޑިއާއަކީ މި އަހަރު ފެށުނުއިރު ރާއްޖޭގެ އެއްވަނަ މާކެޓެވެ. ނަމަވެސް، މިހާރު ރާއްޖޭގެ މާކެޓުގައި އިންޑިއާ އޮތީ ހަވަނައިގައެވެ.

އިންޑިއާ ފަތުރުވެރިން އައުން މިހާ ބޮޑަށް ދަށްވެފައިވަނީ މި ސަރުކާރު އުފެދުމާއެކު އަވައްޓެރި ގައުމާއެކު އުފެދުނު ނުތަނަސްވަމުގެ ތެރެއިންނެވެ.

comment ކޮމެންޓް