މި އަހަރު ޒަކާތު ފަންޑަށް 50 މިލިއަން ރުފިޔާ ލިބިއްޖެ

ފަޤީރުންނާއި މިސްކީނުންގެ މާލޭ ދަފުތަރުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ފުދުންތެރިކަން ކުޑަ އާއިލާތަކަށް ގިފްޓް ކާޑުތަކެއް ދިނުން -- ފޮޓޯ/ ޒަކާތު ހައުސް

މި އަހަރުގެ މިހާތަނަށް ޒަކާތު ފަންޑަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންވެ. އެ ޕްރޮގްރާމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ދީނީ ދާއިރާއާ ގުޅޭ ހުރިހާ ކަމެއް މިހާރު ފެށިފައިވާ ކަމަށެވެ.

އެގޮތުން، އެ މިނިސްޓްރީން ދީނީ ދާއިރާއިން ފަށާފައިވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ދިވެހި ރާއްޖޭގެ ޒަކާތު ހައުސް މަސައްކަތްތައް ވަރަށް ތަރުތީބު ކޮށް ކުރިއަށްދާ ކަމަށެވެ.

ޒަކާތު ކައުންސިލް މީޓިންއެއްގެ ތެރެއިން: މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ދީނީ ދާއިރާއާ ގުޅޭ ހުރިހާ ކަމެއް މިހާރު ފެށިފައިވާ ކަމަށް --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ ލޮބުވެރި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމުތަކާ، އަދި މި މަސައްކަތުގެ ތެރެއިން މިއަހަރުގެ މިހާތަނަށް އައިރުގައި މިދިޔަ ހައެއްކަ މަސްތެރޭގައި 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޒާކާތު ފަންޑަށް ޖަމާވެފައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

ޝަހީމް ވިދާޅުވީ، އަމާޒަކީ އަހަރު ނިމިގެންދާއިރު 100 މިލިއަނާ ގާތް ކުރާ އަދަދަކަށް ޒަކާތު ފަންޑަށް ފައިސާ ޖަމާކުރުން ކަމަށާއި އެެ އަދަދަށް ވާސިލް ވެވިއްޖެނަމަ ތާރީޚީ ކަމަކަށްވާނެ ކަމަށެވެ.

https://sun.mv/194969

ޒަކާތު ހައުސްއަކީ ރާއްޖޭގެ ރައްޔިތުން ފަޚުރުވެރިވާފަދަ މުއައްސަސާއަކަށް ވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަން މިނިސްޓަރު ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ރައީސް އެ އިދާރާ އިފްތިތާހުކޮށްދެއްވަނީ: މިނިސްޓަރު ޝަހީމް ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ޒަކާތު ފަންޑަށް 100 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ފައިސާ ޖަމާކުރުން ކަމަށް -- ސަން ފޮޓޯ: މުޙައްމަދު މާވީ

މިދިޔަ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކާފައިވާ ގޮތުން، ޒަކާތު ހައުސްއިން ފަގީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް އެހީގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. އެގޮތުން، އެ ފަންޑުން އެންމެ ގިނައިން ޖޫން މަހު ޚަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށް ކަމަށްވާއިރު، އެ ބައްޔަށް އެކަނި ވެސް އެމަހު 262،911 ރުފިޔާ ދޫކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދީ މި ސަރުކާރުންނެވެ. އެއީ، ޒަކާތާ މެދު މީހުން އަހުލުވެރިކުރުވައި ލޯބި ޖެއްސުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް