އާސަންދައިން އެކި ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ ތަފްސީލުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެންގި އެންގުމަށް، އެ މައުލޫމާތު ހާމަނުކުރުމުން ކޮމިޓީގެ މެންބަރުން މިއަދު ނުރުހުން ފާޅުކޮށްފިއެވެ.
އެންސްޕާއާއި އާސަންދައިން އެކި ފަރާތްތަކަަށް ނުދައްކާ ހުރި ފައިސާގެ މައުލޫމާތުތައް ހާމަކުރުމަށް މާލިއްޔަތު ކޮމިޓީން އެދުމުން، އާސަންދައިން ލިޔުމުން ފޮނުވި ޖަވާބުގައި ބުނީ، ފައިސާ ނުދީ ހުރި ކުންފުނިތަކުގެ ތަފްސީލުތައް ހާމަކުރަން އުނދަގޫ ކަމަށެވެ.
ނަމަވެސް، ޕްރައިވެޓް ސެކްޓާތަކާއި ޕަބްލިކް ސެކްޓަރަށް އެ ކުންފުނިން ދޭންޖެހޭ ފައިސާގެ ތަފްސީލުތައް ހަމަކުރެވިދާނެ ކަމަށް އާސަންދައިން ބުންޏެވެ.
މިއަދު މާލިއްޔާތު ކޮމިޓީގައި މިކަމާ ގުޅުވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވީ، އެ ކޮމިޓީން މައުލޫމާތު ހޯދުމަށް އެދުމުން އެކަމަށް އިއުތިރާޒުނުކޮށް، ކޮމިޓީން އެދިފައިވާ ގޮތަށް ވަކިވަކިން އެ މައުލޫމާތުތައް ހާމަކުރަންޖެހޭނެ ކަމަށެވެ.
އެެ ބޭފުޅުންނަށް މައުލޫމާތު ހާމަކުރެވޭނެ ސިއްރު ޖަހާފައި ވެސް. އަޅުގަނޑުމެންގެ އިހްތިޔާރުގައި އޮންނަ ކަމެއް ހާމަ ކުރުމާއި ހާމަ ނުކުރުމަކީ ވެސް. ނުލިބޭނެ އުޒުރެއް ދެއްކުމަކީ އެބޭފުޅުންނަށް އޮތް ކަމެއް ނޫން. އަޅުގަނޑު ހުށަހަޅަން އަމުރެއް ނެރެގެން ވެސް އެ މައުލޫމާތު ހޯދަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ)
ގަފޫރުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެސް ވަނީ ކޮމިޓީން އެދިފައިވާ މައުލޫމާތުތައް އާސަންދައިން ހާމަކުރަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ، ރާއްޖޭގެ އެކި ހޮސްޕިޓަލްތަކަށް ގިނަ އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ސަބަބާއި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ބޭރު ހޮސްޕިޓަލްތަކާ ގުޅިގެން ހެދުމަށް ނިންމާފައިވާ ސެންޓަރަށް ވެސް އާސަންދައިން ދައްކަން ޖެހޭ އަދަދެއް އެނގެން ބޭނުންވާ ކަމަށެވެ.
މީގެއިތުރުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، މިދިޔަ ފަސް އަހަރު އެންމެ ގިނައިން ވައްކަން ކޮށްފައި އޮތީ އާސަންދައިން ކަމަށާއި މާލީ ވަޒީރު އައުމަށްފަހުގައި އެންމެ އަވަހަށް އިސްލާހު ކުރަން ޖެހިފައި އޮތް ދާއިރާއަކީ އެ ދާއިރާ ކަމަށެވެ.
މެޑިކަލް މާފިޔާގެ ނުފޫޒު މިކަމުގައި އޮތް ވާހަކަ އެބަ ދައްކާ. އެއަށް ހުރި ދޮރުތައް ބަންދު ކުރުމަށްޓަކައި ޔޫރަޕްގެ މީހުން ބޭނުންކުރާ ބޭސް ރައްޔިތުން ކާން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ގަބޫލު ކުރައްވާބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ހަމައެހެންމެ، ކޮމިޓީން މިއަދު ނިންމާފައި ވަނީ އެ މައުލޫމާތުއް ފޯރުކޮށްދިނުމަށް އާސަންދައަށް އެންގުމަށެވެ.