މިއަހަރު މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ނުވަ އިންސައްތަ އިތުރު

މިިއަހަރުގެ މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރާތްކުރި އަދަަދު ނުވަ އިންސައްތަ އިތުރުކަމަށް "ޓްރެވެލް ޓްރޭޑް މޯލްޑިވްސް"ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

"ޓްރެވެލް ޓްރޭޑް މޯލްޑިވްސް"އިން ހިއްސާކުރި ޕޯސްޓެއްގައި ބުނީ މިއަހަރުގެ ޖުލައި މަހުގެ 27ވަނަ ދުވަހުގެ ނިޔަލަށް 1،159،908 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށެވެ.

މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 9.9 އިންސައްތަ އިތުރު އަދަދެކެވެ.

ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 5،549 ފަތުރުވެރިން ރާއްޖެ އަންނައިރު، ހަފުތާއެއްހާ ދުވަސް އެ މީހުން ރާއްޖޭގައި ހޭދަކުރާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރު ފެށުނު ފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ޗައިނާއިންނެވެ. އެއީ މިއަހަރުގެ މިހާތަނަށް 153,180 ފަތުރުވެރިންނެވެ.

ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ ރަޝިއާއިންނެވެ. އެއީ ޖުމުލް 123،253 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޖުމުލަ 103،151 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތުންނެވެ.

އެހެނިހެން ގައުމުތަކުގެ ޓޫރިސްޓް އެރައިވަލްސް:

  • އިޓަލީ: 85،661
  • ޖަރުމަން: 85،393
  • އިންޑިއާ: 70،753
  • ޔޫއެސްއޭ: 41،286
  • ފްރާންސް: 35،550
  • ސްވިޒަލޭންޑް: 24،340
  • ސްޕެއިން: 21،545

https://sun.mv/194386

ރާއްޖޭގައި 1،207 ފަތުރުވެރިން އެކޮމޮޑޭޝަން ހުރިއިރު، އެއީ 44،279 ޓޫރިސްޓު ބެޑެވެ. ދިވެހި ފަތުރުވެރިކަމުގެ 69 އިންސައްތަ ހިއްސާކުރަނީ ރިޒޯޓުތަކުންނެވެ.

comment ކޮމެންޓް