ތިނަދޫގައި މުޒާހަރާކުރި ބިދޭސީން ޑީޕޯޓުކުރަން ނިންމައިފި

ތިނަދޫގައި މުޒާހަރާކުރި ބިދޭސީން ޑީޕޯޓު ކުރަން ނިންމައިފި: (ފޮޓޯ/ސްޓޫޑިއޯ 33)

ގދ. ތިނަދޫގައި މުޒާހަރާ ރޭވުމުގައި އުޅުނު ބިދޭސީން ބަންދުކޮށް، ޑީޕޯޓުކުރަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓްރީންގެ ތަރުޖަމާނު ފާތިމަތު ރިފާތު 'ސަން'އަށް ވިދާޅުވީ، ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެއީ ވިސާ ވައިލޭޝަނެއް ކަމަށެވެ.

ބަންގްލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ތިނަދޫގައި ބިދޭސީންތަކެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުޒާހަރާއެއް ކޮށްފައެވެ.

މި މުޒާހާރާއަކީ އެ ގައުމުގެ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ތިނަދޫގައި ކުރި މުޒާހާރާއެކެވެ.

https://sun.mv/194421

ފާހަގަކޮށްލެވޭގޮތުގައި، ހޯމް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ކަމާ ބެހޭ ފަރާތްތަކުން ދަނީ މާލެ ސަރަހައްދުގައި ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އޭގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ރަޖިސްޓްރީއެއް އެކުލަވާލާ، ގަވާއިދަށް ފައްތަން މަސައްކަތް ކުރުމާއި ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުން ހިމެނެއެވެ. އަދި ކުށްކުރާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން، މިހާތަނަށް 1800 އަށްވުރެ ގިނަ ބިދޭސީން އެ މީހުންގެ ގައުމަށް ފޮނުވައިލާފައިވެއެވެ.

comment ކޮމެންޓް