މާދަމާ ހަވީރު މިނިވަން ދުވަހުގެ ޕެރޭޑް އޮންނާނެ

މިނިވަން ދުވަހާ ގުޅިގެން އެމްއެންޑީއެފުން މީގެ ކުރިން ބޭއްވި ޕެރޭޑެއް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު

މާދަމާ ފާހަގަކުރާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި އެމްއެންޑީއެފްގެ 'ޝަރަފުގެ ހިނގާލުން' މި އަހަރު ވެސް އޮންނާނެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

މާދަމާ ހަވީރު 4:15 ގައި ބަންޑާރަކޮށިން މި ހިނގާލުން ފައްޓަވައިދެެއްވާނީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ.

އެމްއެންޑީއެފުން ބުނީ، މި ހިނގާލުމުގެ ތެރެއިން ލަޝްކަރު، އަމީރު އަހުމަދު މަގު ޕާކިން ޒޯން ކުރިމައްޗާއި ސޯސަންމަގު ދިވެހިބަހުގެ އެކެޑެމީ ކުރިމައްޗާއި ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗާއި މަޖީދީ މަގު މިލިއަން ބުކްޝޮޕް ކުރިމަތީގެ އިތުރުން ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗަށް މަޑުކުރާނެ ކަމަށެވެ.

މިނިވަން ދުވަހުގެ ޝަރަފުގައި އެމްއެންޑީއެފުން ބާއްވާ ޕެރޭޑް ކުރިއަށްދާނެ ގޮތް --

ފާހަގަކޮށްލެވޭ ގޮތުގައި، ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މާދަމާ ހަވީރު 4:00 އިން 18:00އަށް މާލޭގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ދުއްވުން ވެސް މަނާކޮށްފައެވެ.

https://sun.mv/194737

ރާއްޖޭގައި މިފަދަ މުނާސަބަތާއި ގުޅުވައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވޭ ގަޑިތަކެއް ސަރުކާރުން ކަނޑައަޅައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ފުޅަނދު ބުރާއި އެކި ހަރަކާތްކަތްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އިގުތިޞާދީ ހާލަތު އޮތް ގޮތުން އެކު މުނާސަބަތުތަކުގައި ބާއްވާ ހަފުލާތައް ނުބޭއްވުމަށް ނިންމާފައެވެ.

comment ކޮމެންޓް