މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު އެެއްގަމު އުޅަނދު ދުއްވުން މަނާ

މަގުމަތީ ބަޔަކު ހިނގަނީ: މާދަމާ ހަވީރު އުޅަނދު ދުއްވުން މަނާވާނެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، މާދަމާ ހަވީރު 4:00 އިން 18:00އަށް މާލޭގައި ދުއްވާ ބައެއް އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ. ނަމަވެސް، އެ ގަޑިތަކުގައި ހުއްދަދެވިފައިވާ އުޅަނދުތަކަށް ދުއްވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެ ގޮތުން، މާދަމާ ހަވީރު މާލެ ސަރަހައްދުގައި ދުއްވޭ އުޅަނދުތަކުގެ ތެރޭގައި، ސަލާމަތީ ބާރުތަކަށް ބޭނުން ކުރާ އުޅަނދުތަކާއި އެންބިއުލާންސާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަ ކުރެވިފައިވާ އުޅަނދުތައް ހިމެނެއެވެ. އަދި، ޕަބްލިކް ޓްރާންޕޯޓުގެ ގޮތުގައި ޚިދުމަތްދޭ ބަސްތަކާއި ފުރާ މީހުން ބޭނުން ކުރުމަށް ހުއްދަ ދެވޭ އުޅަނދުތަކުގެ އިތުރުން މިނިވަން ދުވަހުގެ އެ ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތަކަށް ވެސް މާދަމާ ހަވީރު މާލޭގައި ދުއްވޭނެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މީގެ ކުރިން ބޭއްވި ޕެރޭޑެއް -- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު

އެ މިނިސްޓްރީން ބުނީ، އެ ގަޑިތަކުގައި އެންގުމާއި ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގައި މިފަދަ މުނާސަބަތާއި ގުޅުވައި، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވޭ ގަޑިތަކެއް ސަރުކާރުން ކަނޑައަޅައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ފުޅަނދު ބުރާއި އެކި ހަރަކާތްކަތްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތް ގޮތުން އެކު މުނާސަބަތުތަކުގައި ބާއްވާ ހަފްލާތައް ނުބޭއްވުމަށް ނިންމާފައެވެ.

comment ކޮމެންޓް