ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލާލައިފި

އީދަށް މާލެ ދިއްލައިފައި: މި އަހަރު 64 ރަށެއް އީދަށް ދިއްލައިފައިވޭ -- ސަން ފޮޓޯ/ އަހުމަދު ސާއިލު އަލީ

ފިތުރު އީދުގެ މުނާސަބަތުގައި މާލެ ސަރަހައްދާއި ގިނަ ރަށްތަކެއް ކުލަ ބޮކިތަކުން ދިއްލާލައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ، އީދު ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިދިޔަ އަހަރު ސަރުކާރުން 'އީދު އަލި' ހަރަކާތް ފަށައި، މާލެ ސަރަހައްދާއި އަތޮޅުތަކުގެ ވެރިރަށްތަކުގައި ލައިޓް ދިއްލާފައިވެއެވެ.

ރައީސްވަނީ، މި އަހަރު އިތުރު ރަށްތައް އީދަށް ދިއްލާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު، މި އީދަށް ލޯކަލް ގަވަމެންޓް މިނިސްޓްރީން އިތުރު ރަށްރަށަށް ކުލަބޮކިތައް ފޮނުވާފައިވެއެވެ.

އެ ލައިޓްތައް ދިއްލުން ފެށުމަށް ޚާއްސަ ރަސްމިއްޔާތެއް ރޭ ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރަސްމިއްޔާތެއް ބާއްވައިފައެވެ.

އީދަށް މާލެ ދިއްލައިފައި: މި އަހަރު 64 ރަށެއް އީދަށް ދިއްލައިފައިވޭ -- ސަން ފޮޓޯ/ އަހުމަދު ސާއިލު އަލީ

އެ ރަސްމިއްޔާތުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިދިޔަ އަހަރު 24 ސަރަހައްދެއްގައި އީދު ދިއްލުން ކުރިއަށްގެންދިޔަ ކަމަށާއި އެއާއެކު އިތުރު ރަށްރަށުން ވެސް އެގޮތަށް ދިއްލުމަށް ފުރުސަތު ދިނުމަށް އެދުނު ކަމަށެވެ.

"އެ އަޑު ރައީސުލްޖުމްހޫރިއްޔާ އައްސަވައި، އީދު ދިއްލޭނެ ގޮތް ރާއްޖޭގެ އެކި ހިސާބުތަކަށް ހައްދައިވައިދެއްވުމަށް ޓަކައި އެ މަނިކުފާނު އަނެއްކާވެސް ކުރެއްވި މަސައްކަތްޕުޅާ އެކީގައި އަޅުގަނޑުމެން މިރޭ މި ރަސްމިއްޔާތު ފާހަގަކުރެވިގެންދާއިރު ރާއްޖޭގެ ހުރިހާ ސިޓީތަކާއި އިދާރީ ދާއިރާތަކާއި އަދި އަތޮޅުތަކުގެ އެންމެ އާބާދީ ބޮޑެތި ރަށްތައް ހިމެނޭ ގޮތުން 64 ރަށުގައި އީދު ދިއްލުން ކުރިއަށްގެންދެވޭނެ،" އޭނާ ވިދާޅުވިއެވެ.

އީދަށް މާލެ ދިއްލައިފައި: މި އަހަރު 64 ރަށެއް އީދަށް ދިއްލައިފައިވޭ -- ސަން ފޮޓޯ/ އަހުމަދު ސާއިލު އަލީ

އެއާއެކު، ރާއްޖޭގެ ގާތްގަނޑަކަށް 80 ޕަސެންޓު އާބާދީއަަށް އީދު ދިއްލުމުގެ ފުރުސަތު ދެވިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ލައިޓްތައް ދިއްލުން އިފުތިތާހުކޮށްދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.

comment ކޮމެންޓް