ބަންގަލްދޭޝްގައި ދިވެހި މެޑިކަލް ދަރިވަރުންނަށް ކާފިއު ގަޑީގައި ވަޒީފާއަށް ދެވޭ ގޮތަށް ލުއިދީފި

ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން: ބަންގްލަދޭޝްގައި އުޅޭ ދިވެހީންނާއި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް އެގަމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނޭ --- ފޮޓޯ/ސީއެންއޭ

ބަންގްލަދޭޝްގެ ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ދާން ނުކުމެ އުޅެވޭ ގޮތަށް، އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ލުއިތަކެއް ކަނޑައަޅައިފިއެވެ.

ބަންގްލްދޭޝްގައި ކާފިއު އިއުލާންކޮށްފައިވަނީ އެގައުމުގެ މަތީ ތައުލީމު ހާސިލު ކުރާ ދަރިވަރުން މުޒާހަރާކުރަމުން ދިޔުމުންނާއި، އެ މުޒާހަރާތަކުގައި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުން ދިޔުމުންނެވެ.

ދިވެހި ފޮރިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ބަންގްލަދޭޝްއަށް ދަތުރުކޮށްފައިވާ ދިވެހީންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހީންގެ ހާލު އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އޭގެއިތުރުން، އެގައުމުގައި ކިޔަވަމުންދާ ދަރިވަރުންނާއި 99 އިންސައްތަ ދިވެހީންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް ހައި ކޮމިޝަނުން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ، ޑާކާގެ ޔުނިވާސީޓިއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން: ބަންގްލަދޭޝްގައި އުޅޭ ދިވެހީންނާއި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް އެގަމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނޭ --- ފޮޓޯ/ އެންބީސީ ނިއުސް

އިތުރަށް އެ މިނިސްޓްރީން ބުނީ، އެ ގައުމުގެ އުތުރުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑަރު ހުރަސްކުރުމަށް އެކަމުގައި ވެސް ހައިކޮމިޝަނާއި އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މީގެކުރިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެ ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު 318 120 1708 880+ / 885 748 1329 880+ ގުޅޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން: ބަންގްލަދޭޝްގައި އުޅޭ ދިވެހީންނާއި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް އެގަމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބުނޭ --- ފޮޓޯ/ އޭބީސީ ނިއުސް

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވުމަށް ފޮރިން މިނިސްޓްރީން މީގެ ކުރީން ވެސް އިލްތިމާސްކުރިއެވެ.

https://sun.mv/194577

ބަންގްލަދޭޝްގައި މިދިޔަ މަހާއި މި މަހު މުޒާހަރާތައް ކުރަނީ، އެގައުމުގެ ސަރުކާރުގެ ވަޒީފާތައް ވަކި މިންވަރެއް އާބާދީގެ ބައެއް މީހުންނަށް ޚާއްސަކުރަން ކަނޑައަޅާފައިވާ ކޯޓާ ނިޒާމާ ދެކޮޅަށެވެ.

އެ ނިޒާމުގައި އޮންނަ ގޮތުން ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 30 ޕަސެންޓް ލިބެން ޖެހޭނީ 1971 ވަނަ އަހަރު އެގައުމުގެ މިނިވަން ކަމަށް ހަނގުރާމަ ކުރި މީހުންގެ އާއިލާތަކަށެވެ.

އެ ނިޒާމާ ދެކޮޅަށް މީގެ ކުރިން ވެސް މުޒާހަރާ ކުރުމާ ގުޅިގެން 2020ގައި އެ ނިޒާމަށް އަމަލުކުރުން ހުއްޓާލަން ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުން ނިންމިއެވެ. ނަމަވެސް މިދިޔަ މަހުގެ ފަހެއްގައި ހައިކޯޓުން އެ ނިންމުން ބާތިލުކޮށް، އަނެއްކާވެސް ކޯޓާ ނިޒާމަށް އަމަލުކުރަން އެންގުމުން ދަރިވަރުން މުޒާހަރާ ކުރަން ފެށީއެވެ.

އެ މުޒަހާރާތަކުގައި 100އަށް ވުރެ ގިނަ މީހުން މަރުވި ފަހުން ބަންގްލަދޭޝް ސުޕްރީމް ކޯޓުން ވަނީ ކޯޓާ ނިޒާމަށް ބަދަލުގެންނަން އަމުރުކޮށްފައެވެ. އެގޮތުން ގައުމަށްޓަކައި ހަނގުރާމަ ކުރި މީހުންގެ އާއިލާތަކަށް ހަމައެކަނި ފަސް ޕަސެންޓް ޚާއްސަކުރުމަށް އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ އަންގައިފައެވެ. ނަމަވެސް، މުޒާހަރާ ކުރަމުންދާ ބައެއް ދަރިވަރުން ވަނީ އެ މުޒާހަރާތަކުގައި ލިބުނު ގެއްލުމަށް އިންސާފު ލިބެންދެން މުޒާހަރާތައް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް