Dhiraagu
Ooredoo

ގަވަރުނަރު ކަމަށް މުނައްވަރު އައްޔަންކުރަން ކޮމިޓީއަށް ފޮނުވައިފި

ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު: ގަވަރުނަރު ކަމުގެ މަގާމަށް އޭނާގެ ނަން މަޖިލީހަށް ވަނީ ފޮނުއްވާފައި -- ސަން ފައިލް ފޮޓޯ

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރުކަމުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އައްޔަންކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ.

ADK GENERAl

މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ، ހާޝިމް މަގާމުން ވަކިކުރަން މަޖިލީހުން ރައީސަށް ލަފާ ދިނީ އިއްޔެއެވެ.

އެއާ އެކު ހާޝިމް މަގާމުން ވަކިކޮށް، މުނައްވަރު އެ މަގާމަށް އައްޔަނުކުރުމަށް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ނަން ފޮނުއްވާފައެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށްފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ދިރާސާކުރުމަށްޓަކައި މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައެވެ.

މިހާރު ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި މުނައްވަރު މިނިސްޓަރުކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. އެއީ، އެ ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، 2016 ވަނަ އަހަރު ނައިބު ރައީސް ކަމަށް އައްޔަންކުރުމުންނެވެ.

ހާޝިމް ވަކިކުރަން ރައީސަށް ލަފާ އެރުވުމަށް މަޖިލިސް ތަޅުމުން އިއްޔެ ފާސްކުރީ 63 މެންބަރުންގެ ވޯޓާ އެކުއެވެ. އެ ވޯޓުގައި ގަވަރުނަރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ ނުވަ މެންބަރުންނެވެ.

ހާޝިމް މަގާމުން ވަކިކުރައްވަން މި މަހުގެ އެއްވަނަ ދުވަހު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ޖަވާބުދާރީވާން ގަވަރުނަރަށް ތިން ފުރުސަތު ދީފައެވެ. އެކަމަކު، ގަވަރުނަރު ވަނީ ކޮމިޓީއަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފައެވެ.

މާލީ ހާލަތާ ގުޅޭ ގޮތުން ލަފާދެއްވައި ކަމަށާއި މި ހާލަތަށް ކަންކަން ވެއްޓުނީ ދެއްވި ލަފައާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރުމުން ކަމަށް ވިދާޅުވެ، ހާޝިމް ވަނީ ކޮމިޓީއަށް މީގެ ކުރިން ސިޓީއެއް ފޮނުއްވައިފައެވެ. ނަމަވެސް، މާލީ ހާލަތު ރަނގަޅުކުރަން އެމްއެމްއޭއިން އިސްނަގައިގެން ލަފައެއް ދީފައިނުވާ ކަމަށް މާލީ ވުޒާރާއިން ވެސް ވަނީ ބުނެފައެވެ.

Redstar
comment ކޮމެންޓް

comment ފެންސިރު

9 month 4 week ago

ޓުރިޒަމުން ލިބޭފައިސާ.ރާއްޖޭގެ މަރުކަޒިބޭންކައް ވަނުގެބަދަލުގައި ބޭރުވާތަން ފެންނަނި

comment އަލިބެ.

9 month 4 week ago

ފެއިލްޑް ޕްރޮޑަކްޓް. ރާއްޖެއަށް ހަދާ ބުކިންތަކުގެ ފައިސާ ރާއްޖޭގެ ބޭންކްތަކަށް ޖަމާކުރުމުގެ ވިސްނުމާއެކު އަންނަ ވިޝަނަރީ ގަވަރުނަރަކަށް ނޫނީ ރާއްޖޭގެ ރައްޔިތުންނަށް ފާގަތިކަމެއް ހޯދައެއްނުދެވޭނެ. ސިޔާސީ މީހުންގެ ފައިސާދޮވުމަށް އެހީތެރިވާން އައްޔަނުކުރާ ފަރާތްތަކާ ބޮދަށް ވައްތަރީ...

comment ވޯލް

9 month 4 week ago

ރާއްޖެ ބަނގުރޫޓުވުމާ ގަވަރުނަރާ ނެތް ގުޅުމެއް. ރާއްޖޭ ބަންގުޜޫޓުވާނެ ރާއްޖެއަށް ބޭރުފއިސާ ވަންނަ އެންމެ މާއި ދޮރު ޓޫރިޒަމުން ލިބޭ ބޭރުފަިއސާ ރާއްޖެނުވަދަ ދާހާ ދުވަހަކު. މިކަން ބަދަލު ކުރަން ގަވަރުނަރު ބަދަލު ކުރަންޖެހެންޔާ ކުރަންވީ އެހެންނޫނީ ނެތް ތީގައި ގަވަރުނަރު ބަދަލު ކުރަންޖެހޭ ސަބަބެއް.