ޓިކްޓޮކް ލައިވަކާ ގުޅިގެން ހިންގި މާރާމާރީއެއްގައި ދެމީހަކު ހައްޔަރުކޮށްފި

ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓިކްޓޮކް ލައިވަކާ ގުޅިގެން ހިންގި މާރާމާރީއެއްގައި މިއަދު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ ދެމީހުން ހައްޔަރު ކުރީ ޓިކްޓޮކް ލައިވެއްގައި ހިނގި ދެބަސްވުމެއްގައި މިއަދު މާފަންނު ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުންކަމުގެ ތުހުމަތުގައި ކަމަށެވެ.

ނަމަވެސް، އެމީހުން މިހާރު ދޫކޮށްލާފައި ވާކަމަށް ފުލުހުން ބުންޏެވެ.

ޓިކްޓޮކް ލައިވްގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފްވި ފިރިހެނެއް ވެސް މީގެ ކުރިން ޖަލަށްލާފައި ވެއެވެ.

ނަމަވެސް، އޭނާ ވެސް މިހާރު ވަނީ މިނިވަން ވެފައެވެ.

comment ކޮމެންޓް