ކުޅުދުއްފުށި އަދި ބިލެއްދޫގެ ގޮނޑިއާއެކު ޕީއެންސީއަށް ފަސް ގޮނޑި

މިއަދު ބޭއްވި ބައި އިލެކްޝަންގައި ފަސް ގޮނޑިއާއެކު ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މިއަދު ބޭއްވި ބައި އިލެކްޝަންގައި މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑިއަކަށް ވަނީ މެމްބަރުން އިންތިޚާބު ކޮށްފައެވެ. އަދި ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަންގެ ވޯޓުލުން ވެސް މިއަދު ކުރިއަށް ގެންދިޔަައެވެ.

މި ބައި އިލެކްޝަންތަކުގައި ޕީއެންސީން ވަނީ މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑިއާއި ކުޅުދުއްފުށީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރުގެ ގޮނޑި އަދި ފ. ބިލެތްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބު ކޮށްފައެވެ.

އެގޮތުން މިއަދުގެ ބައި އިލެކްޝަން ކަމިޔާބު ކޮށްފައިވާ މެމްބަރުންނަކީ:

  • މައްޗަންގޮޅި މެދު ދާއިރާ ކައުންސިލަރު: ފާތިމަތު އިޝާން އަކީ، ޕީއެންސީ
  • ހުޅުމާލެ ދާއިރާ ކައުންސިލަރު: އަލީ އައިމަން، ޕީއެންސީ
  • ހެންވޭރު ހުޅަނގު ދާއިރާ ކައުންސިލަރު: ފާތިމަތު ޝައުފާ ސަލީމް، ޕީއެންސީ
  • ބިލެއްދޫ ކައުންސިލްގެ ރައީސް: އަރީހް އިސްމާއީލް، ޕީއެންސީ
  • ކުޅުދުއްފުށި އުތުރު ކައުންސިލަރު: އިބްރާހީމް އަހުމަދު، ޕީއެންސީ
  • ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު: އައިޝަތު ޝަރަފިއްޔާ، އަމިއްލަ

https://sun.mv/194538

ޕީއެންސީގެ މި ކާމިޔާބީ ޕާހަގަކުރުމަށް އެ ޕާޓީން ވަނީ ގޮނޑިތައް ކާމިޔާބު ކުރި މެމްބަރުންނަށް އެކްސްގައި މަރުހަބާ ކިޔާފައެވެ.

އަދި ކެމްޕެއިންގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށާއި ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށް ޕީއެންސީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން މާލޭ މޭޔަރު ކަމުގެ މަޤާމު ހުސްވިއެވެ.

އެއަށް ފަހު ބައި އިލެކްޝަން ބާއްވާ އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި އާދަމް އާޒިމެވެ. އާޒިމް ވަނީ ވޭތުވެ ދިޔަ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމު ފުރުއްވައިފައެވެ.

comment ކޮމެންޓް