މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަން: ތިން ގޮނޑި ވެސް ޕީއެންސީއަށް

މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަން ކާމިޔާބު ކުރި ކެންޑިޑޭޓުން --

މިއަދު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ބައި އިލެކްޝަންގެ ތިން ގޮނޑި ވެސް ޕީއެންސީން ކާމިޔާބު ކޮށްފިއެވެ.

މި ބައި އިލެކްޝަނުގައި މާލޭ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރި ކެނޑިޑޭޓުންނަކީ:

މައްޗަން ގޮޅި މެދު ދާއިރާ

  • ފާތިނަތު އިޝާން އަލީ، އައިނާއެޑަމްސް/ ޕީއެންސީ
  • ހައްވާ ޝިފާނާ، މއ. ރިހިރާޅު/ އެމްޑީޕީ

ހެންވޭރު ހުޅަނދު ދާއިރާ

  • ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން/ ޕީއެންސީ
  • މުހައްމަދު ޢަލީ ޖިނާދު، ހ. ގްރީންޒެސްޓް/ އެމްޑީޕީ

ހުޅުމާލެ ދާއިރާ

  • އަލީ އައިމަން، ހ. ފުޖޭރާ/ ޕީއެންސީ
  • އަހުމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3/ އެމްޑީޕީ

މި އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ގޮނޑިއެއް އެމްޑީޕީއަށް ކާމިޔާބެއް ނުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން، ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަންގެ ވޯޓުލުން ވެސް މިއަދު ކުރިއަށް ގެންދިޔަައެވެ.

މި ބައި އިލެކްޝަންތަކުގެ ތެރެއިން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އުތުރު ދާއިރާގެ ބައި އިލެކްޝަން ވެސް ކާމިޔާބު ކޮށްފައި ވަނީ ޕީއެންސީ ކެންޑިޑޭޓެވެ.

ރިޔާސީ އިންތިޚާބަށް ފަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން މާލޭ މޭޔަރު ކަމުގެ މަޤާމު ހުސްވިއެވެ.

އެއަށް ފަހު ބައި އިލެކްޝަން ބާއްވާ އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީން ވާދަކުރެއްވި އާދަމް އާޒިމެވެ. އާޒިމް ވަނީ ވޭތުވެ ދިޔަ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމު ފުރުއްވައިފައެވެ.

comment ކޮމެންޓް