ވަގުތު ހަމަވިއިރު 73 އިންސައްތަ މީހުން ވޯޓު ނުލާ: އީސީ

ވަގުތު ހަމަވިއިރު 73 އިންސައްތަ މީހުން ވޯޓު ނުލާ: އިލެކްޝަންސް -- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނުގެ ވޯޓުލާ ވަގުތު ހަމަވިއިރު 73 އިންސައްތަ މީހުން ވޯޓު ނުލާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔައީ މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ކައުންސިލަރުން އިންތިޚާބުކުރުމުގެ ބައި-އިލެކްޝަނެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެންދުނު 08:00އިން 16:00އާ ހަމައަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން، ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމުގެ ބައި-އިލެކްޝަންގެ ވޯޓުލުން ވެސް މިއަދު ކުރިއަށް ގެންދިޔަައެވެ.

އީސީން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިޚާބުގައި ވޯޓު ނުލާމީހުންގެ އަދަދަކީ 9584އެވެ. އެއީ 73.9 އިންސައްތަ މީހުންނެވެ. ވޯޓު ލީ މީހުންގެ އަދަދު 3528އަށް އަރާއިރު، އެއީ 26.91 އިންސައްތައެވެ.

މިއަދު ކުރިއަށް ދިޔަ ހަތަރު ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 13،112 މީހުންނަށް ލިބެއެވެ. އޭގެ ތެރެއިން 6،703 މީހުންނަކީ ފިރިހެނުންނެވެ. އަދި 6،409 މީހުންނަކީ އަންހެނުންނެވެ.

https://sun.mv/194527

މިކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން އީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނެއިސް ވިދާޅުވީ، އާންމު ގޮތެއްގައި ބާއްވާ ބައި އިލެކްޝަންތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދުތައް ދައްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް