އަދި ވޯޓުލީ އެންމެ 11 ޕަސެންޓް، ތަރުހީބު ވަރަށް ކުޑަ!

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންގެ ވޯޓުލުމުގެ ތެރެއިން: ވޯޓުލާން މީހުން ނުކުންނަ އަދަދު މަދު -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިއަދު ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށްދާއިރު މިހާތަނަށް ވޯޓުލާފައި ވަނީ އެންމެ 11 ޕަސެންޓް މީހުންކަން، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ކުރިއަށް ދަނީ މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ.

އަދި ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ވެސް އެބަ ކުރިއަށް ދެއެވެ.

މި ހަތަރު ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު 13،112 މީހުންނަށް ލިބެއެވެ. އޭގެ ތެރެއިން 6،703 މީހުންނަކީ ފިރިހެނުންނެވެ. އަދި 6،409 މީހުންނަކީ އަންހެނުންނެވެ.

ނަމަވެސް މިއަދު ހެނދުނު 08:00 ގައި ވޯޓުލާން ފަށައި މިހާތަނަށް ހަތަރު ގަޑިއިރުވީއިރު ވެސް ވޯޓުލާން ނުކުތް މީހުންގެ އަދަދު ވަރަށް މަދެވެ.

އީސީން އާއްމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު 12:00 އާ ހަމައަށް މިހާތަނަށް ވޯޓުލާފައި ވަނީ އެންމެ 1،480 މީހުންނެވެ. އެއީ ވޯޓު ލެވޭ މީހުންގެ އެންމެ ހަތް އިންސައްތައެެވެ.

މިއީ ވަރަށް މަދު އަދަދެކެވެ. އަދި ބާކީ ވޯޓު ނުލާ 11،632 މީހުން އެބަތިއްބެވެ.

މިކަމާ ގުޅިގެން "ސަން" އަށް މައުލޫމާތު ދެއްވަމުން އީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނެއިސް ވިދާޅުވީ، އާންމު ގޮތެއްގައި ބާއްވާ ބައި އިލެކްޝަންތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދުތައް ދައްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިފަހަރު މާލޭގައި ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މިފަހަރު ވޯޓުލާން ނުކުންނަ މީހުންގެ ނިސްބަތް ވަރަށް ދަށްކަން ފާހަގަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހެނދުނު 08:00 ގައި ވޯޓުލާން މާލޭގައި ފެށިއިރު 25 ފޮށީގެ ތެރެއިން ވޯޓުލާން ފެށުނީ ވެސް 19 ފޮށީގައި. އަޅުގަނޑުމެން މީގެ ކުރީގެ ބައި އިލެކްޝަންތަކަށް ބަލާފަ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި އެ ދާއިރާގެ ތެރޭގަ ވޯޓުލާ އިންތިޒާމްތައް ހަމަޖެއްސާފައި ވާނީ ވެސް، އީސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އުނެއިސް

އުނެއިސް ވިދާޅުވީ އީސީގެ އިލްތިމާސަކީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް ވޯޓުލާން ނުކުތުން ކަމަށެވެ.

ވޯޓު ލާ މަރުކަޒުތަށް ދޮށުގައި މީހުން ވަރަށް މަދެވެ. ބައެއް ވޯޓު ފޮށިތައް ކައިރީ ވޯޓު ލާން ދިޔަ މީހެއް ވެސް ފެންނާކަށް ނެތެވެ.

އެންމެ ފަހުން ބާއްވާފައިވާ ރިޔާސީ އިންތިޚާބާއި ސިޓީ ކައުންސިލަށް މޭޔަރަކު އިންތިޚާބުކުރަން ބޭއްވި އިންތިޚާބުގައި ވެސް ވޯޓުލާން ނުކުތް މީހުންގެ ނިސްބަތް މަދުކަން އީސީން ފާހަގަކޮށްފައިވެއެވެ.

https://sun.mv/194523

އަދި އެ ކޮމިޝަނުން ކޮންމެ އިންތިޚާބަކާއި ގުޅިގެން ވެސް އިލްތިމާސްކުރާ އެއް ކަމަކީ، ފަހަށް ލަސްކުރުމެއް ނެތި ވީހާވެސް އަވަހަށް ވޯޓު ލުމަށް ދިޔުމަށެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށް މެންބަރަކު އިންތިޚާބުރާނެއެވެ. އެ ތިން ގޮނޑި ހުސްވެފައިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ކައުންސިލްގެ ތިން މެންބަރަކު މަޖިލީހަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެކެވެ.

މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ކުރިމަތިލާގައި ވަނީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން އެކަންޏެވެ.

comment ކޮމެންޓް