ހުޅުމާލެއިން އަތުލައިގަތް ބަނގުރާ ކޭސްތަކެއްގެ މައްސަލައިގައި ބިދޭސީއެއް ހޯދަނީ

ބަނގުރަލުގެ މައްސަލައެއްގައި ފުލުހުން ހޯދަމުން އަންނަ ބިދޭސިއެއް--- ފޮޓޯ/ ފުލުހުން

ހުޅުމާލެއިން އަތުލައިގަތް ބަނގުރާ ކޭސްތަކުގެ މައްސަލައިގައި ފުލުހުން ބިދޭސީއަކު ހޯދަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އުމުރުން 23 އަހަރުގެ ޓަފްޖޮލް މިޔާއެވެ.

ފުލުހުން ބުނީ މީނާ ހޯދަމުންދަނީ މި މަހުގެ 18 ވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްް ވިނަރެސް ފްލެޓް ކައިރީ އޮތް ހުސްބިމުގައި ބާއްވާފައި އޮތް ކާރަކުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ކޭސް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރުމަށްޓަކައި ކަމަށެވެ.

އަދި މީނާއާ ބެހޭ އެއްވެސް މައުލޫމާތެއްވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މި މައްސަލައިގެ އިތުރުން ހުޅުމާލެ ފޭސް އެކަކުން ވެސް މި މަހުގެ 17 ވަނަ ދުވަހު ބަނގުރަލުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވެއެވެ.

ބީދޭސީންގެ ފަރާތުން މިފަދަ މައްސަލަތައް ފެންމަތިވަމުން އަންނައިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހިފަހައްޓާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ޓީމުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް