ޚިދުމަތްތަކަށް ދިމާވި މައްސަލަ ހައްލުވެއްޖެ: މައިކްރޯސޮފްޓް

ހުކުރުދުވަހު ދިމާވި މައްސަލައިގެ އަސަރު ވަނީ ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކަށާއި، އެއާލައިންތަކަށްވެސް ކޮށްފައި ---

މައިކްރޯސޮފްޓްގެ ޚިދުމަތްތަކަށް ދިމާވި މައްސަލަ މިހާރު މުޅިން ހައްލުވެއްޖެކަމަށް އެކުންފުނިން ބުނެފިއެވެ.

މައިކްރސޮފްޓުން ހުކުރު ދުވަހު ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޚިދުމަތްތަކަށް ދިމާވެފައިވާ މައްސަލަ މިހާރު ވަނީ ޙައްލުވެފައި ކަމަށެވެ.

މި މައްސަލައިގެ ސަބަބުން މައިކްރޮސޮފްޓްގެ އެޕްލިކޭޝަންތަކާއި ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ.

މައިކްރޯސޮފްޓުން އެކްސް (ކުރީގެ ޓްވިޓާ) ގައި ޝާއިޢުކުރި ޕޯސްޓެއްގައި ވަނީ ދިގު މުއްދަތެއްގެ މޮނިޓަރިން އަކަށްފަހު، މައްސަލަ ޙައްލުވެފައިވާ ކަމަށާއި ކުރިން އަސަރުކޮށްފައިވާ މައިކްރޮސޮފްޓް 365ގެ އެޕްލިކޭޝަންތަކާއި ޚިދުމަތްތައް މިހާރު ރަނގަޅުވެފައި ވާކަމަށެވެ.

މީގެ ކުރިން ހުކުރު ދުވަހު މައިކްރޮސޮފްޓުން ބުނީ ވިންޑޯސް 365 ކްލައުޑް ޕީސީތަކަށް ދިމާވެފައިވާ މައްސަލައަކީ ކްރައުޑްސްޓްރައިކް ފޯލްކަން ސެންސާ ސޮފްޓްވެއާއަށް ގެނެވުނު އަޕްޑޭޓަކާ ގުޅިގެން ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.

ކްރައުޑްސްޓްރައިކުން ފާހަގަކޮށްފައިވަނީ މެކް އަދި ލިނަކްސް ހޯސްޓްތަކަށް މި މައްސަލައިގެ އަސަރެއް ނުކުރާ ކަމަށެވެ.

އަދި މިއީ ސެކިއުރިޓީ އިންސިޑެންޓެއް ނުވަތަ ސައިބާ ހަމަލާއެއް ނޫން ކަމަށާއި މައްސަލަ ދެނެގަނެ، އެކަމަށް ޙައްލެއް ގެނެވިފައި ވާކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް