ފިހާރައެއް ފަޅައިލާ ގަހަނާތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ފައިލް ފޮޓޯ: މަންޑޭ ޕެންޓްހައުސްއިން ފެނުނު ގަހަނާ: އެ ގެއިން ފެނުނު ތަފާތު ވައްތަރުގެ ގަހަނާގެ އަގު 10،000 ޑޮލަރާއި 25،000 ޑޮލަރަށް އަރާ ކަމަށް ޕީޖީން ބުނި -- ފޮޓޯ/ ފުލުހުން

މާލޭގައި ހުރި ފިހާރައެއް ފަޅައިލާ އެ ތަނުން ގަހަނާތަކެއް ވަގަށް ނެގި ފިރެހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ވައްކަން ހިނގައިފައިވަނީ ޗަމްޕާ މަގު، ޕެންޒީ ފިހާރައިގައި ކަމަށެވެ.

އެ ފިހާރައިން ވަގަށް ނަގައިފައިވާކަމަށް ތުހުމަތުކުރެވޭ ގަހަނާތަކެއް ވެސް ހޯދައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިހާރު ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް މާލޭގައި އާންމެވެ. އެ ކަމާ ދެކޮޅަށް ހަރުކަށި އަދަބު ދިނުމަށް މަސައްކަތްކުރި ނަމަވެސް މިފަދަ ކުށްތައް އަދިވެސް އާންމެވެ.

comment ކޮމެންޓް