މުސްތަގްބަލުގައި، އެމްޑީޕީ ބައްޓަން ކުރާނީ ޒުވާނުންނަށް ކަމުދާނެ ސިޔާސަތު ތަކާއެއް އެއްކޮށް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: އޭނާ ވިދާޅުވީ މުސްތަގްބަލުގައި، އެމްޑީޕީ ބައްޓަން ކުރާނީ ޒުވާނުންނަށް ކަމުދާނެ ސިޔާސަތު ތަކާއެއް އެއްކޮށް ކަމަށް -- ފޮޓޯ/ އެމްޑީޕީ

މުސްތަގްބަލުގައި, އެމްޑީޕީ ބައްޓަން ކުރާނީ ޒުވާނުންނަށް ކަމުދާނެ ސިޔާސަތުތަކާ އެއްކޮށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ އެސްއެސްޓީވީން ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެ ޕާޓީގެ އެތެރޭގައި ދިމާވި މައްސަލަތަކާ ގުޅިގެން ޖެހުނު ހިތްހަމަ ނުޖެހުންތަކެއްގައި އިންތިޚާބުތަކެއް ނާކާމިޔާބު ވިނަމަވެސް، އެމްޑީޕީ އަކީ އަދިވެސް އޮތް އެންމެ ވަރުގަދަ ޕާޓީ ކަމަށެވެ.

އެ ޕާޓީގައި ބަދަލު ކުރަން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ވަކި ލީޑަރެއްގެ މައްޗަށް ބިނާ ނުވެ، ޕާޓީއެއްގެ ހައިސިއްޔަތުން ފިލޯސޮފީއެއްގެ މައްޗަށް ބިނާކޮށް މަސައްކަތްތައް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއާޕާސަން ފައްޔާޒު އިސްމާއީލް: ފައްޔާޒް ވިދާޅުވީ މުސްތަގްބަލުގައި، އެމްޑީޕީ ބައްޓަން ކުރާނީ ޒުވާނުންނަށް ކަމުދާނެ ސިޔާސަތު ތަކާއެއް އެއްކޮށް -- ސަން ފޮޓޯ/ މުޙައްމަދު މާވީ

އޭގެއިތުރުން، ފައްޔާޒު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރަށް ފާޑުވިދާޅުވާ ފަދައިން އެމްޑީޕީން އަބަދު، ސަރުކާރަށް ފާޑުނުކިޔުމަކީ އެ ޕާޓީ ބަލިކަށި ވުމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ހަގީގަތަކީ މިހާތަނަށް ޒުވާނުންނާ ހިސާބަށް އެއްވެސް ޕާޓީއަކަށް ދެވިފައި ނެތް ކަމަށެވެ.

ޒުވާނުން ސިޔާސި މަސްރަހާ ވަރަށް ބޮޑަށް ދުރު. ސިޔާސީ މަސްރަހުގެ ސިޔާސީ ކަންކަމާ ދޭތެރޭގައި އާންމު ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް ނަފްރަތު އުފޭދޭ. މަޖިލިސް މެންބަރުންނަށް، ސަރުކާރުގައި ތިބޭ މީހުންނަށް، ކައުންސިލަރުންނަށް،

އޭނާ އިތުރަށް ވިދާޅުވީ، އާންމު ރައްޔިތުން ދެކޭ ގޮތުގައި ސިޔާސީ ފަރާތްތަތަކީ 'ވަގެއް' ނުވަތަ 'އަމިއްލަ އެދުމުގެ މީހެއް' ކަމަށާއި ނަމަވެސް، ހަގީގަތަކީ ގައުމު ކުރިއަށް ދާނީ ސިޔާސީ މީހުންނާ އެއްކޮށް ކަމަށެވެ.

މިހާރު ރައްޔިތުންގެ ކުރިމަތީގައި ސިޔާސީ މީހުންގެ އަގުވެއްޓިފައި އޮތް ކަން ފާހަގަކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތީ ވަރަށް ބޮޑަށް ތަޣައްޔަރު ވެފައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، މުސްތަގްބަލުގައި އެޕާޓީ ބައްޓަންކުރާނީ އިތުބާރު ހިފޭ މަގުބޫލު ޕާޓީއެއް ގޮތަށް ކަމަށެވެ.

ކުރިއަށް އޮތް މުސްތަގްބަލުގައި އިތުބާރު ހިފޭ އަދި މަގުބޫލު ޕާޓީއެއް ގޮތުގައި، ޚާއްސަކޮށް ޒުވާނުންނަށް މިކަންކަން ގެންގޮސް ގެން އެމީހުނަށް ކަމުދާ ކަހަލަ ސިޔާސަތުތަކާ އެއްކޮށް މަސައްކަތް ކުރަން، އެމީހުންނާއި ގާތުން މަސައްކަތް ކުރެވޭނެ ގޮތަށް

މީގެއިތުރުން، އޭނާގެ މަސައްކަތް ބައްޓަން ކުރައްވަނީ ސީޔާސީ ކަންކަމަށް ވެސް އިހުތިރާމެއް ލިބޭ ގޮތަށް ކަމަށާއި މާޒީގައިި، ގަދަބާރުން ހުދުމުހުތާރު ވެރިކަމެއް ބަދަލު ކުރުމުން އެކަމުގެ އަސަރުތައް އަދިވެސް އެބަ ހުރި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް