ހުޅުމާލެ ޗެނަޕް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކާއި ކިއޮސްކް ތަރައްގީކުރަން ހުޅުވާލައިފި

\ހުޅުމާލެ ޗެނަޕް ޕާކު ސަރަހައްދު: ކޮމާޝަލް އައުޓްލެޓްތަކާއި ކިއޮސްކް ތަރައްގީކުރަން ހުޅުވާލައިފި --- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ޕާކު ސަރަހައްދުގައި ކޮމާޝަލް އައުޓްލެޓްތަކާއި ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ބުނީ، ދެ މަޝްރޫއު ވެސް ދޫކުރާނީ ލޭންޑް ލީސް ރައިޓްސް މޮޑެލްއަށެވެ. ނަމަވެސް، މި ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އޭގެއިތުރުން، އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލެ ޗެނަލް ޕާކު ސަރަހައްދު: ކޮމާޝަލް އައުޓްލެޓްތަކާއި ކިއޮސްކް ތަރައްގީކުރަން ހުޅުވާލައިފި ---- ސަން ފޮޓޯ

އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލާއި އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނެއެވެ.

އެހެންކަމުން، ކޮމާޝަލް އައުޓްލެޓްތައް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ނުވަތަ އެޗްޑީސީ ބިލްޑިންއަށް ހާޒިރުވެ، މި މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީއޯއައި ހުށަހެޅޭނެއެވެ. އަދި، ކޮމާޝަލް ކިއޮސްކް ތަރައްގީކޮށް ހިންގުމަށް އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 28 ވަނަ ދުވަހުގެ 14:00އެވެ.

comment ކޮމެންޓް