ކްލީން މޯލްޑިވްސްއާއި ދިރާގު ގުޅިގެން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި

ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ކުރިޔަށް ގެންދިޔަ "ގޯގްރީން 2024" ގަސް އިންދުމުގެ ހަރަކާތް -- ފޮޓޯ/ ދިރާގު

ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތް ފައްޓަވައިވދެއްވީ އެންވަޔަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ ގައުމީ " ފަސް މިލިއަން ގަސް" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިޔަށްގެންދާ ހަރަކާތެއް ކަމަށް ދިރާގުން ބުނެއެވެ.

https://sun.mv/194017

"ގޯގްރީން 2024" ހަރަކާތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 1000 ގަސް އިންދާފައިވާ ކަމަށް ދިރާގުން ބުނެއެވެ. އޭގެ ތެރޭގައި މަގޫ (ސީ ލެޓިއުސް) ކުރެދި (އަޔަންވުޑް) ދިގުގާ (ސީ ހިބިސްކަސް) ހިރުނދު (ޕޯޓިއާ ޓްރީ) އަދި ރުއް ހިމެނެއެވެ. އެ ގޮތުން ދިާރގުންވަނީ މި ހަރަކާތަށް ޖުމްލަ 255 ގަސް ހަދިޔާކޮށްފައެވެ.

ދިރާގާއި ކްލީން މޯލްޑިވްސްއާއި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގެ އޮފިޝަލުންނާއި ވޮލަންޓިއަރުންގެ އިތުރުން އެހެނިހެން ފަރާތްތަކުން ވެސް މި ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވިއެވެ.

ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ކުރިޔަށް ގެންދިޔަ "ގޯގްރީން 2024" ގަސް އިންދުމުގެ ހަރަކާތް -- ފޮޓޯ /ކްލީން މޯލްޑިވްސް

ދިރާގުން ބުނީ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓެނިވި ކުރުމަކީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެންޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސް ކަމަށެވެ.

އެ ގޮތުން މި ހަރަކާތުގެ ސަބަބުން ދުޅަހެޔޮ ދުނިޔެއެއް ގާއިމްކޮށް ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދީ، މޫސުމަށް އަންނަ ބަދަލުތައް ކުޑަކޮށް އިޖުތިމާއީ ރޫހު ކުރިއރުވުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް