ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހިނގަމުންދާ ވަގުތުތަކުގައި މަގު ބަންދު ކުރަނީ

ފުލުހެއް މަގުމަތީގައި: ދިރާގުން ވަނީ ރޯޑް ރޭސް ކުރިއަށްދާ ވަގުތު ރޫޓްތައް ބަންދުކުރާނެ ކަމަށް ބުނެފައި -- ފޮޓޯ/ ދިރާގު

ދިރާގު ރޯޑް ރޭސް ކުރިއަށްދާ ވަގުތު، ރޭސް ބާއްވާ މަގުތައް ބަންދުކުރާނެކަން ފާހަގަކޮށް އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.

ދިރާގު ރޯޑް ރޭސް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުން ފަށައިގެންނެވެ.

ދިރާގުން ބުނީ ރޯޑް ރޭސް ކުރިއަށްގެންދާނެ ރޫޓް ބަންދުކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އެކަން އިއުލާންކޮށްފައިވާނެ ކަމަށެވެ. އެގޮތުން މަގު ބަންދު ކުރާނެ ގަޑިތަކަކީ:

• ފަތިހު 5:00އިން ހެނދުނު 9:00އަށް

• ހަވީރު 4:00އިން 6:00އަށް

މިނިސްޓްރީން ގެޒެޓު ކުރި އިއުލާނުގައި، ރޯޑް ރޭސް ބާއްވާ ރޫޓާއި ބަންދުކުރާނެ ސަރަހައްދުތައް ފާހަގަކޮށްފައިވެއެވެ.

ދިރާގުން ބުނީ މަގު ބަންދުކުރަނީ ދުވުމުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ. ނަމަވެސް އެ ވަގުތުތަކުގައި ވެސް އޮތޮރައިޒްޑް އިވެންޓް ވެހިކަލްތަކަށް ދުއްވޭނެކަން ކުންފުނިން ފާހަގަކުރިއެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމައެކަނި ދުވުން، ޑީއެމްއާރްއާރްގައި މިއަހަރު 4،400 ދުވުންތެރިން ބައިވެރިވާނެއެވެ.

މި ރޭހުގެ ހާފް މެރެތަން އަދި 10ކޭ ރޭސްތައް ކުރިއަށް ދާނީ ހެނދުނުގެ ވަގުތުތަކުގައެވެ. އަދި 5ކޭ ރޭސް ކުރިއަށްދާނީ ހަވީރު 4:30ގައެވެ.

ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުންވެސްމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް