މިނިސްޓަރު އެދިވަޑައިގަތީ ކޮންމެ މީހެއްގެ މަންމައާއި ބައްޕަގެ ނަމުގައި ވެސް ގަހެއް އިންދުމަށް

"ގޯ ގްރީން"ގެ ނަމުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުން: ވަޒީރު އިލްތިމާސް ކުރެއްވީ މިނިސްޓަރު އިލްތިމާސްކުރެއްވީ މަންމައާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް -- ފޮޓޯ/ މާވެށްޓާއި ހަކަތައާބެހޭ ވުޒާރާ

ކޮންމެ ރައްޔިތެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު ހުޅުމާލެ ފޭސް ދޭއްގައި ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން "ގޯ ގްރީން"ގެ ނަމުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ ތިމާވެށްޓާއިބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

"ގޯ ގްރީން"ގެ ނަމުގައި ބޭއްވި ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުން: ވަޒީރު އިލްތިމާސް ކުރެއްވީ މިނިސްޓަރު އިލްތިމާސްކުރެއްވީ މަންމައާއި ބައްޕަގެ ނަމުގައި ގަހެއް އިންދުމަށް -- ފޮޓޯ/ މާވެށްޓާއި ހަކަތައާބެހޭ ވުޒާރާ

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، ގަސް އިންދުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކި އެންމެން ގުޅިގެން މި މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ގޮވާލައްވާފައެވެ. އެ ގޮތުން ކޮންމެ ރައްޔިތެއްގެ ވެސް މަންމަ އާއި ބައްޕަގެ ނަމުގައި ގަހެއް އިންދައި ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި ރާއްޖެ ފަދަ ހޫނު ގަދަ، ގަސް މަދު ޤައުމެއްގައި ހިތްހަމަ ޖައްސާލުމަށް ހިޔާ ލިބޭނެ ގަހެއް ހުރުމަކީ އެންމެންނަށް ވެސް ލިބޭނެ ފައިދާއެއް ކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމް ފެއްޓުމުގެ ގޮތުން ފުރަތަމަ ގަސް އިންދަވައިދެއްވީ ވަޒީރު، ޠާރިޤެވެ. މި ޕްރޮގްރާމުގައި 350 އަށް ވުރެ ގިނަ ބައިވެރިން ހަރަކާތްތެރިވެފައިވާއިރު މީގެ 50 އިންސަންތަ އަކީ ކުޑަކުދިންނެވެ.

https://www.sun.mv/192854

"ގޯ ގްރީން" އިވެންޓަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙު ކޮށްދެއްވި "މުޅި ރާއްޖޭގައި ފަސް މިލިޔަން ގަސް އިންދުން" މި ޝިޢާރުގެ ދަށުން 1000 ގަސް އިންދުމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކްލީން މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

comment ކޮމެންޓް