ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާކޮށްދެން، ހާލުގައެއް ނުޖެހޭ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރްޔަމް މާރިޔާ: ސަރުކާރުގެ އެހީގައި ކިޔަވާ ކުދިން ހާލުގައި ނުޖައްސާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ސަރުކާރުގެ އެހީގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުން ހާލުގައި ނުޖައްސާނެ ކަމުގެ ޔަގީންކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދީފިއެވެ.

ސްޓޫޑެންޓް ލޯން ސްކީމްގައި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ސަރުކާރުން ޖަމާކޮށްދޭންޖެހޭ ފައިސާ ޖަމާނުކޮށްނުދޭކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް، މި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

https://sun.mv/194062

މިވަގުތު ރާއްޖެއާއި ރާއްޖޭން ބޭރުގައި ޖުމްލަ 2163 ދަރިވަރުން ތައުލީމު ހާސިލްކުރާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ދަރިވަރުންގެ ކޯސްފީއާއި ލިވިން އެލަވެންސާއި އެހެނިހެން ޚަރަދުތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކަނޑައެޅިފައިވާ މުއްދަތަށް ދެއްކުމަކީ މިނިސްޓްރީން ކުރާކަމެއް ކަމަށެވެ.

ނަމަވެސް، އެއްބައި ފަހަރަށް ބައެއް ޕޭމަންޓުތައް ޖަވާމުގައި ލަސްތަކެއް ދިމާވާކަން ގަބޫލު ކުރާ ކަމަށާއި އެފަދަ ހާލަތްތައް މީގެކުރިން ވެސް ދިމާވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންތަކެއް: ސަރުކާރުގެ އެހީގައި ކިޔަވާ ކުދިން ހާލުގައި ނުޖައްސާނަން: ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީން ބުނީ، ޕޭމަންޓުތައް ޖަމާވުމުގައި ލަސްތަކެއް ދިމާވަނީ މިނިސްޓްރީއަށް ލިބެންޖެހޭ ލިޔެކިޔުންތައް ލަހުން ލިބުމާއި ދަރިވަރުން ކިޔަވަމުންދާ ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން އެ ދަރިވަރަކު ކިޔަވަމުންދާކަން ކަށަވަރު ކުރުމުގައި ނަގާ ވަގުތުގެ ސަބަބުން ކަމަށެވެ.

"ކަންމިހެން ހުރުމާއެކު، މި މިނިސްޓްރީން މަސައްކަތް ކުރަމުން މިދަނީ ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ މިފަދަ ޚިދުމަތްތަށް އޮޓެމޭޓްކޮށް، ކުދިން ކިޔަވަމުންދާކަން ވެރިފައިކުރަން އޮންނަ ޕްރޮސެސް، މިއަށްވުރެ ހަލުވިކޮށް، އެކުދިންނަށް ދެވޭ ޚިދުމަތުގެ އެފިޝެންސީ އިތުރުކުރެވޭނެ ގޮތްތަށް ހޯދަމުންނެވެ." މިނިސްޓްރީން ބުންޏެވެ.

މީގެއިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް މިނިސްޓްރީން ވަނީ އެއްވެސް ދަރިވަރެއްގެ ކިޔެވުމަށް ބުރޫ އަރާފަދަ ކަމެއް މެދުވެރި ވިޔަ ނުދިނުމަށް ކުރެވެން އޮތް ކަމެއް ދިވެހި ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި، ސަރުކާރުން އަބަދުވެސް އިސްކަންދޭނީ، ދިވެހި ދަރިން ހެޔޮ ގޮތުގައި ބިނާކޮށް، މި ގައުމު ބިނާކުރުމުގައި އެ ދަރިންގެ ހިއްސާ އިތުރުކުރުމަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް