ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ސައީދު އެމެރިކާއަށް ފުރާވަޑައިގެންފި

މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ފުރާވަޑައިގަތުން ----ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއްގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ދަތުރުފުޅުގެ މަގުސަދަކީ ވިޔަފާރީގެ މަޝްވަރާތައް ކުރުމާއި އިންވެސްޓްމަންޓުތައް އިތުރުކުރެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ.

މިގޮތުން، މި ދަތުރުފުޅުގައި މިނިސްޓަރު ސައީދު އެމެރިކާގެ ޓްރޭޑް މަންދޫބުންނާއި ޗެންބާ އޮފް ކޮމާސްގެ މެންބަރުންގެ އިތުރުން ސަރުކާރު އިދާރާތަކުގެ ބެފޭޅުންނާ ބައްދަލު ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހުގެ ފަހުކޮޅު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ވަނީ ދިވެހިރާއްޖެއާއި އެމެރިކާއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމާ ގުޅޭ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ މަޝްވަރާ ކުރައްވާފައެވެ.

https://sun.mv/193594

ދެ މިނިސްޓަރުން ރަސްމީ ދަތުރުފުޅެއްގައި އެމެރިކާއަށް ވަޑައިގެންފައިވާ އިރު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ވަނީ ރާއްޖެއަށްދޭ އެހީތައް އެއްކޮށް ކަނޑާލަން ގޮވާލައި އެ ގައުމުގެ ސެނެޓަށް ބިލެއް ހުށަހަޅާފައެވެ. އެގޮތަށް ނިންމީ، އިޒްރޭލު މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރާނެކަން ދިވެހި ސަރުކާރުން އިއުލާނުކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް