މިފަހަރުގެ ސަޓާ އެވޯޑް ދިނުން ސެޕްޓެމްބަރު މަހުގެ 20ގައި

މިފަހަރުގެ ސާޓާ އެވޯޑް ދިނުމަށް ބާއްވާ ހަފުލާތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުން --

ފަތުރުވެރިކަމުގެ ދާއިރާގައި އޭޝިއާ ސަރަހައްދުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގެ މިއަހަރުގެ ޚާއްސަ ހަފުލާތައް އިއުލާންކޮށްފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ކާމިޔާބީތައް ފާހަގަކުރުމުގެ ސަގާފަތުގެ ތެރެއިން، މިއީ މި ހަފުލާ ކުރިއަށްގެންދާ އަށްވަނަ އަހަރެވެ. މިއަހަރު މި އެވޯޑު ހަފުލާ ބާއްވަން ނިންމާފައި ވަނީ ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައެވެ.

އެގައުމުގެ ޓޫރިޒަމް ބޯޑް (އެންޓީބީ) އާއި ހޮޓެލްސް އެސޯސިއޭޝަން އޮފް ނޭޕާލް (އެޗްއޭއެން)ގެ އެހީތެރިކަމާއެކު ބާއްވާ އެވޯޑް ހަފުލާ ފެށުމަށް ހަމަޖެހިފައިވާނީ މިމަހުގެ 19 ވަނަ ދުވަހު ކަތަމަންޑޫގެ "ދަ މާލާ ހޮޓެލް" ގައެވެ.

މި ހަފުލާގެ މަގުސަދަކީ ވިޔަފާރި ކުރާ މީހުންގެ މެދުގައި ގުޅުންތައް ގާއިމްކޮށް އެކުގައި މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމެވެ.

މި ހަފުލާއަށްފަހު އަންނަ ސެޕްޓެމްބަރު މަހުގެ ވިހިވަނަ ދުވަހު އަލޯފްޓް ކަތަމަންޑޫގައި އިތުރު ހަފުލާއެއް ބާއްވާނެއެވެ. މި ހަފުލާގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންގެ އަގު ވަޒަންކޮށް އެވޯޑު ދިނުމެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އޭޝިއާއިން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރުމެވެ.

މިއަހަރުގެ ސަޓާ އެވޯޑްގެ ޕާޓްނަރުން ކަނޑައަޅައި، މިދިޔަ މަހުގެ 10ގައި ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

https://sun.mv/193067

މީގެކުރިން ސަޓާ އެވޯޑު ހަފުލާތައް ލަންކާގެ މައުންޓް ލަވިނިއާ އާއި ގައްލު ސިޓީގައި އަދި ރާއްޖޭގެ އައްޑޫ ސިޓީ އާއި މާލޭގައި އަދި އިންޑިއާގެ މުމްބާއީއާއި ބެންގަލޫރުގައި ވެސް ބާއްވާފައިވެއެވެ.

ހަމަމިއާއެކު ގޮންޖެހުން ބޮޑު ކޮވިޑްގެ ދުވަސްވަރު އޮންލައިންކޮށް ވެސް ސަޓާއިން ވަނީ އެވޯޑު ހަފުލާ ކުރިއަށްގެންގޮސްފައެވެ.

މި އެވޯޑާއެކު ސަޓާއިން ވަނީ އޭޝިއާގެ ފަތުރުވެރިކަން ކުރިއަރުވައި، ބައިނަލްއަގްވާމީ މާކެޓުން ބަލައިގަންނަ އެއްޗަކަށް ހެދުމަށް މަގުފަހިކޮށްދީފައެވެ.

comment ކޮމެންޓް