ސައުތު އޭޝިއާގެ އެންމެ ބޮޑު ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އެވޯޑް، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2024ގެ ޕާޓްނަރުން ކަނޑައަޅައި، ރަސްމީކޮށް މިއަދު އިއުލާނުކޮށްފިއެވެ.
ސަޓާ އެވޯޑަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވާ ބޮޑު ހަރަކާތެކެވެ. މިއީ މި އެވޯޑް ބާއްވާ އަށް ވަނަ އަހަރެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ތައާރަފުކުރި ސަޓާއިން މި އަހަރު ވަނީ އިތުރު ދެ އެވޯޑެއް ތައާރަފުކޮށްފައެވެ. އެއީ، ވިޒިޓާސް ޗޮއިސް އެވޯޑްސް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސްއެވެ.

މި އަހަރުގެ ސަޓާ އެވޯޑް ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިޝް ނާހިދު
މިއަހަރުގެ ޕްލެޓިނަމް ޕާޓްނަރަކީ، ލަގްޒަރީ ޔޮޓް އުފެއްދުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ގަލްފް ކްރާފްޓެވެ. ސަޓާ އެވޯޑުގެ ގޯލްޑް ޕާޓްނަރުންނަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އެވެ.
އޭގެއިތުރުން، އިންޝުއަރެންސް ޕާޓްނަރަކަށް މޯލްޑިވްސް އެލައިޑް އިންޝުއަރެންސް ކަނޑައަޅާފައިވާއިރު، ހޮސްޕިޓާލިޓީ ޕާޓްނަރަކީ މެންހަޓަން ބިޒްނަސް ހޮޓަލެވެ. އަދި، މި އަހަރުގެ ސަޓާ އެވޯޑުގެ އެންޑޯސްމަންޓު ޕާޓްނަރަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އެވެ.

މި އަހަރުގެ ސަޓާ އެވޯޑް ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ނާއިޝް ނާހިދު
މި އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންނެވެ. އެގޮތުން އެވޯޑް ދޭ ކެޓަގަރީތަކަކީ، ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން، އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ ކެޓަގަރީތަކަށް ބަހާލައިގެންނެވެ.
ފާއިތުވި އަހަރުތަކުގައި ސަޓާގެ ވާދަވެރިކަން އިތުރުވެ، ގިނަ ބަޔަކު އަންނަނީ މި އެވޯޑަށް ވާދަކުރަމުންނެވެ.