ހަތިމެއް ވީދާލި މީހަކު ހައްޔަރު ކޮށްފި

ކީރިތި ޤުރްއާން--

މިސްކިތެއްގެ ތެރޭގައި އޮތް ހަތިމެއްގައި ދަތްއަޅާ ވީދާލި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އެމްޑީ މަންނާން ނަމަކަށް ކިޔާ މީހެކެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތައް އޭނާ ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.

އެ ކޯޓުން އޭނާ ބަންދުކުރުމަށް ނިންމާފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ހުރުމުން ކަމަށާއި ފުލުހުން ހުށައަޅާފައިވާ ރިޕޯޓުން އޭނާ ހަތިމް ވީދާލާފައި ވާކަމަށް ބެލެވޭކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އޭނާއަކީ ބިދޭސީއަކަށް ވުމުން ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމަކީ ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވަނީ ހަތިމަކަށް ކުޅު ޖެހި ދިވެހި ފިރިހެނަކުވެސް ހައްޔަރު ކޮށްފައެވެ.

comment ކޮމެންޓް