ރައްޔިތުންގެ މަޖިލީސް މެންބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީސް މެންބަރުންގެ އަދަދު ދައުރަކަށް ފަހު ދައުރެއް އިތުރުވަމުން އަންނަ އައުމަށް ނިމުމެއް ގެނެސް، މެންބަރުންގެ އަދަދު މަދުކުރަން މެންބަރުންގެ ހިޔާލު ހޯދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.
އެ ގަރާރަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ، މެންބަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވަނީ މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް މެންބަރުންގެ އަދަދު މަދުކުރަން ހުށަހަޅައިފައެވެ. އެކަމަކު، އޭރު އޮތް އެމްޑީޕީގެ ސުޕަމެޖޯރިޓީން އެ ހުށަހެޅުން ބޭރުކޮށްލިކަން ފާހަގަކުރައްވައި ގާސިމް ވަނީ މި ސަރުކާރު ތަމުސީލުކުރާ ޕީއެންސީގެ ފަރާތުން މެންބަރުންގެ އަދަދު މަދުކުރަން ހުށަހެޅުއްވުމުން އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މެންބަރު ގާސިމް: އޭނާ ވަނީ މެންބަރުންގެ މުސާރަ ކުޑަކުރަން ދެކޮޅު ހައްދަވާފައި --- ފޮޓޯ/ މަޖިލިސް
އެކަމަކު، މެންބަރުންގެ އަދަދު މަދުކުރި ނަމަވެސް މެންބަރުންނަށް މިހާރު ލިބޭ ބޮޑު މުސާރަ ކުޑަކުރަން ވިޔަފާރިވެރިޔާ ގާސިމް ވަނީ ދެކޮޅު ހައްދަވައިފައެވެ.
"މިއަދު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރަން ވެސް ނުފެންނަ ކަމަށް، އިނާޔަތްތައް ވެސް ކުޑަކުރަން ނުފެންނަ ކަމަށް އަޅުގަނޑު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.
"އެކި ރަށްރަށުން ކަންކަމުގައި ހޮވިވަޑައިގެން މި ތަނަށް ވަޑައިގަންނަވާ ބޭފުޅުން 20،000 ރުފިޔާގެ އެލަވަންސެކޭ ބުންޏަސް 20،000 ރުފިޔާއަކުން އެ ބޭފުޅުންނަށް ހަމަނުޖެއްސޭކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ،"
އޭނާ ވިދާޅުވީ، މިހާރު މި އޮތީ މަޖިލީސް މެންބަރުންގެ މުސާރަ ކަނޑައަޅަން ޔުނިޓަރީ ދައުލަތެއްގައި އޮންނަންވާނެ އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އެގޮތުން، ފެޑަރަލް ސިސްޓަމަށް އަމަލުކުރާ ގައުމުތަކުގެ މިސާލު ބައެއް މެންބަރުން ދައްކަވާއިރު އެ ތަންތަނާ ދިވެހިރާއްޖެއާ ވަރަށް ތަފާތުކަމަށް ގާސިމް ގަބޫލުކުރައްވައެވެ.
"ރައްޔިތުންގެ މަޖިލީސް މެންބަރުންނަކީ އެހެން އެއްވެސް ގޮތަކަށް ޙައްގު ގޮތެއްގައި އަތަށް ލާރިއެއް ލިބޭނެ ގޮތެއް އޮތް ބައެއް ނޫން. ދައުލަތުގެ ހުރިހާ މަސައްކަތްތައް ކުރާ ވުޒާރާތަކާއި އަދި އެ ނޫން އެހެން ކުންފުނިތަކާއި ތަންތަނުން ވެރިންނާއި އެ ތަންތަނުގެ މުވައްޒަފުންހެން ލިބޭ ފަދައިން ފައިސާ އަތުގައި ޖެހޭ ބައެއް ނޫން،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެކަކަށް މެންބަރުކަން ކުރެވޭނީ އެންމެ ގިނަވެގެން ދެ ދައުރުގައި ކަމަށް ކަނޑައެޅުމާ ވެސް ދެކޮޅު ކަމަށް ގާސިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ އެއްވެސް ގައުމެއްގައި އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ އޭރު ވެރިކަން ކުރި ޕާޓީއަށް ދިނީމާ ވީގޮތާއި މިއަދު ސުޕަމެޖޯރިޓީ ލިބުނީމާ ވާނެ ގޮތް ރައްޔިތުން ވަރަށް ޝައުގުވެރިކަމާ އެކު ބަލަން ތިބި ކަމަށެވެ. އަދި، އާސަންދައާއި ސަބްސިޑީ ހަމައެކަނި ހައްގުވެރިންނަށް ދޭން ވެސް ގާސިމް ވަނީ ދެކޮޅު ހައްދަވައިފައެވެ.
"އެންމެ ގިނައިން ސަރުކާރަށް ޓެކްސް ދައްކާ މީހާތޯ ހައްގުނުވަނީ ދައުލަތުން އެހީތެރިކަމާއި އިނާޔަތެއް ލިބެން. މިއީ ސުވާލަކީ،" ގާސިމް ފާހަގަކުރެއްވިއެވެ.
"އެންމެ ބޮޑު ޚިދުމަތެއް ކުރާ މީހާއަށްތޯ ދައުލަތުން އެހީތެރިކަމެއް ލިބެން ނުޖެހެނީ؟ ނޯ. އަޅުގަނޑު ދެކޮޅު އެ ކަމާ،"
ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީސް މެންބަރުންނަށް މިހާރު މުސާރައިގެ ގޮތުގައި ކޮމިޓީ އެލަވަންސާ އެކު 82،500 އެއްހައި ރުފިޔާ ލިބިވަޑައިގަންނަވައެވެ. އަދި، އެ މެންބަރުންނާއި އަނބިދަރީންނަށް އާސިޔާންގެ ގައުމުތަކުން ހިލޭ ބޭސް ފަރުވާ ވެސް ކުރެވެއެވެ.
މި ހިނގާ 20 ވަނަ މަޖިލީހުގައި ވެސް 93 މެންބަރުން ތިއްބަވާއިރު، އެ މެންބަރުންނަށް އިންތިހާއަށް ބޮޑު ހޭދައެއް ކުރަންޖެހޭތީ މެންބަރުންގެ އަދަދު މަދުކޮށް، މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރަން ގިނަ އާންމުން އަންނަނީ އަޑުއުފުލަމުންނެވެ. މަޖިލީހުގެ ގިނަ މެންބަރުން ވެސް އެ ގޮތަށް އެ ބަދަލު ގެންނަން ތާއީދުކުރައްވައެވެ.
މިއީ ގާސިމް އިބްރާހިމް ޖެހިޖެހިގެން މަޖިލީހުގައި އިންނަވާ ފަސްވަނަ ދައުރެވެ. އޭނާ ވަނީ މީގެ ކުރިން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފައެވެ. އޭނާއަކީ މަޝްހޫރު ވިލާ ކުންފުނީގެ ވެރިޔާއެވެ.
comment އިއްސެ
9 month 4 week ago
މުސާރަކުޑަކޮށް ޖީއެސްޓީ ބޮޑުނުކުރަން ނިންމަންވީ.. އަދިވެސް ރަތްޔިތުމީހާ ފެލަން.. 2ވަނަ ދައުރަކަށް ވޯޓެއް ނެތް.. ބޯހަލާކު..
comment ޖާހިލު
9 month 4 week ago
އަދިވެސް މިކަހަލަ ނާތަހުޒީބު، ދަހި ސާދާގަރުން މަޖްލިހަށް ހޮވާ. ތިމާގެ ވިޔަފާރިތަކުން ކިތަންމެ ގިނައިން ލިބުނަސް، މި މުސާރަވެސް ކުޑަކޮށްގެން ނުވޭ.
comment ސުރޭ
9 month 4 week ago
ހިތި ބޭސް ބޯންޖެހެނީ ރައްޔިތުން އެކަނިތާ. ހޮޅި ސަރުކާރަށް ވޯޓު ދީ ސުޕާ މެޖޯރިޓީ ދީފަ ބަހައްޓާ. ދެން ލަންކާއަށް ވިހެން ވީމަ ހުރިހާ ރައްޔިތުން އެއްފަހަރާ ނިކުމެ އަހަރެމެން މި ގައުމު ސާފުކޮއްލާނަން. އެދުވަހު މަގުމަތިން މެމްބަރަކު ނުފެންނާތި. ނޫސް މީޑިޔާ ތަކުން ތައްޔާރަށް ތިބޭތި.. ސަރުކާރަށާއި މަޖިލީހަށް ރައްޔިތުންގެ އަތުން ހިތިބޭސް ބޯންޖެހޭ ދުވަސް އަންނީ ގާތްވަމުން. މުސާރަ ނުކަނޑާ ތިބެބެލަ ވާއެއްޗެއް ބަލަން.
comment ނީނާ
9 month 4 week ago
މިކަލޭގެ ލާރިއާހެދި ބޫތު ކައިފަ އޮތްވަރު އެބަ ފެނެއެއްނު. ޅައަންހެންކުދިންނާ ހެދިވެސް އެހާވަރަށް ބޫތުކައި. މީކީ މަޖިލީހަށް ގެންނަން ހެޔޮވާވަރުގެ މީހެއްނޫނޭ.
comment ލާރިއާއިގެން ބޫތުކެޔަސް ބޮޑުވަރު
9 month 4 week ago
ފައިސާއާއި ތަނަވަސްކަމަކީ މީހާގެ ސިކުނޑިއާއި ވިސްނުން ޚަރާބުކުރާ، މީހާގެ ހިތް ނުތާހިރުކޮށް ނަޖިސްކުރުވާ އެއްޗެއް. މިފެންނަނީ މީގެ ހެއްކެއް
comment މިހާލު
9 month 4 week ago
ތިތާ މުޅިންވެސް ތިބީ ހުސް މުއްސަނދިން އާދައިގެ މީހަކައް ވަދެވޭނެ ތަނެއްނޫން ތީ.ވީމާ ހަމައެކަނި އާސަންދަ ދީފަ ދެން މުސާރާ އާއި އެލަވެންސް ކުޑަކުރޭ. ބޭނުންވަނީ ބަހުސެއްނޫން ކަންކޮައްފަ ދެއްކުން
comment ސލހ
9 month 4 week ago
ޤާސިމްބެއަށް ލިބޭވަރު އަދިވެސް ކުޑައީ ތަ؟ އިންސާނާގެ ހިތަކީ ފުރޭނެ އެއްޗެއް ނޫން. މުސާރަ ކުޑަނަަމަ މުސާރަ އާއި އެކަށީގެންވާ ވަރުގެ ތަޢުލީމީ ފެންވަރެއް ވެސް މެންބަރުން ގައިގަ ހުންނަން ޖެހޭނެ. ޤާނޫނީ ޢިލްމު ނެތް މީހުން ޤާނޫނު ހަދަން ވަދެ ތިބެ މި ކިޔަނީ، މުސާރަ ކުޑަ އޭ!
reply އައިމަން
9 month 4 week ago
ދައުލަތުގެ މަޤާމުތަކަށް މުވައްޡަފުން ބޭނުންވެގެން އިއުލާން ކުރަނީވެސް ފެންވަރު ނުވަތަ ޝަރުތާއެކީ، އެހެންވީމާ ދައުލަތުގެ އެއްވަނަ ބާރު ކަމުގައިވާ ދިވެހި ރައްޔިތުންގެ މަޖްލީހަށް ދަށްވެގެން އޭލެވެލް 4 މާއްދާއިން ފާސްވެފައިވާ ނުވަތަ ޑިޕްލޮމާ ޑިގްރީ ފެންވަރުގެ ޝަރުޠު ކަނޑައެޅުމަކީ ކުރިމަގަށް ބަލާއިރު ހަމަ ކޮންމެހެންވެސް ކުރަންވެއްޖެ ކަމެއްކަމުގައި ދެކެން...
comment މުސްތަފާ
9 month 4 week ago
ޢަހަރެންގެ ހިތަށް އަރާ މ ޤާސިމް އިބޮރާހީމް ހިތްފުރޭނެބާއޭ އެދުވެހެއް ނުފެނުނު ެކިގެއްލުންތަށްވެގެން ދައުލަތުން ފައިސާ ނަގަނީ ދައުލަތުން އެކި ރަށްރަށާ ފަޅުތަށް ނަގަނީ އެއެއްޗެހީގެ ތެރެއަށް ވަދެ މޭކަށިގަޑާ ހިސާބުގަ މިހާރު އެހުރީ އަދިވެސް ލިބޭވަރު ކުޑައީ މީނައަތުޖެހުނުތަނެއް ހަދަނީކީނޫން މީނަގެ ދެތިން ހަތަރު ފަޅުތަށް ނެތް އަތޮޅަކައްނޭރޭނެ
comment ކާސިމް
9 month 4 week ago
މި ކަލޭގެ ވާހަކަ މިހިރީ ހަމަ އެކަނި މި ކަލޭގެޔަށް މޮޅުވާނެހެން ހީވާ ގޮތަށް
comment ލލ
9 month 4 week ago
އޫރުމަހާއި ބަނގުރާ ގުދަންހިންގާ ބޮޑު ސޭޓް ، ފައިސާ ޔާއި ހެދި މޮޔަވަނީ !
comment ޙޫރައިން
9 month 4 week ago
ްްްގާސިމްބެގެ ހިތް ހިޔެއްނުވޭ ދުވަހަކުވެސް ފުރޭނެހެނެއް. މިއަހަރު 18 އަހަރުފުރޭ ނުލާހިކު ރީތި ޗާލު އަންހެންކދިން އެބަ ތިބި. އިންނަންވީނުން އެއިން ކުއްޖަކާ. ވިލާ އޮފީހުގައި މަސައްކަތް ކުރަނީ ހުސް މާލޭ މީހުންތޯ؟ ދެން ކީއްވެ ވިލާ އޮފީހުގައި މަސއްކަތް ކުރާ ރާއްޖެތެރޭ ކުދިންގެ މުސާރަބޮޑުނުކޮށް ކަލޭ ތިއުޅެނީ. ކަލެއަށް ލިބޭވަރު މަދުވެގެންތޯ ކޮންމެ ދައުރަކު މަޖިލީހަށް ކުރިމަތި ތި ލަނީ. ލަދުގެ ކަންފުޅެއްވެސް ނުހުންނަ އިންސާނެއް
comment މީހެއް
9 month 4 week ago
ލަަަާރިޔާ ހެދި ބޫތް ކައިފަ ހުރި މީހެއް.މަޖްލިސް އައް އަންނަމީހެއް ވެސް ނޫން.