ހައްޖު މަހަށް ބަދަލު ގެނައި ނަމަވެސް ހިޖުރީ އައު އަހަރު ފެށޭ ދުވަސް ބަދަލެއް ނުވޭ

މާލޭގެ އިސްލާމީ މަރުކަޒު: އިސްލާމިކް މިނިސްޓްރީން ވަނީ ހިޖުރީ އައު އަހަރު ފެށޭ ތާރީޚަށް ބަދަލު ނާންނާނެ ކަމަށް ބުނެފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މި އަހަރުގެ ހައްޖު މަހު ކަލަންޑަރަށް ބަދަލެއް ގެނައި ނަމަވެސް ހިޖުރީ އައު އަހަރު ފެށޭ ދުވަހަށް ބަދަލެއް ނާންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ހައްޖު މަހުގެ ކަލަންޑަރަށް ބަދަލު ގެނައީ އަރަފާތު ދުވަސް ސައުދީ އަރަބިއްޔާއާ އެއް ދުވަހަކަށް ހެދުމަށް ޓަކައެވެ. އެގޮތުން ކަލަންޑަރުގައި ހައްޖު މަސް ފެށޭ ދުވަހަކަށް މީގެ ކުރިން އޮތީ މިދިޔަ މަހުގެ އަށެއް ނަމަވެސް، ސައުދީއަށް ހަނދު ފެނުމުން، ހަޔެއް ޖޫންގައި ހައްޖު ދުވަސް ފެށޭ ކަމަށް ނިންމިއެވެ.

އެ ބަދަލާއެކު އަރަފާތު ދުވަސް އެ މަހުގެ 16 ވަނަ ދުވަހުން، 15 ވަނަ ދުވަހަށް އަވަސްވިއެވެ.

https://sun.mv/192940

މިނިސްޓްރީން ބުނީ މި އަހަރުގެ ހައްޖު މަހުގައި 29 ދުވަސް އޮންނަ ގޮތަށް މީގެ ކުރިން އޮތް ނަމަވެސް މިހާރު ކަނޑައަޅާފައިވަނީ، 30 ދުވަސް އޮންނަ ގޮތަށް ކަމަށެވެ. އެގޮތުން 30 ވަނަ ދުވަސް ދިމާވާނީ މީގެ ކުރިން ހައްޖު މަހުގެ 29 ވަނަ ދުވަސް ދިމާވާން އޮތް، އަންނަ ހޮނިހިރަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންވެ ކަލަންޑަރުގައި އޮތް ގޮތަށް، ހިޖުރީ އައު އަހަރު ފެށޭނީ މިމަހުގެ ހަތެއްގައި، އަންނަ އާދިއްތަ ދުވަހެވެ.

ހިޖުރީ އައު އަހަރު ފެށޭ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.

comment ކޮމެންޓް