ހައްޖު ދުވަސް އަވަސްވެއްޖެ، އީދުވަނީ 16ވަނަ ދުވަހަށް

މަސްޖިދުލް ހަރާމް -- ފޮޓޯ/ އޭޕީ

މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައޫދީ އަރަބިއްޔާއަށް ފެނުމާއެކު ހައްޖު މާދަމާއަކީ ހައްޖުމަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ސައޫދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ހައްޖުމަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުސޫލަށް ރިޢާޔަތްކޮށް، މި އަހަރުގެ ހައްޖު މަހުގެ 1 ވަނަ ދުވަހަކީ ހަތެއް ޖޫންވާ ހުކުރު ދުވަސްކަމަށެވެ.

އެ ގޮތުން މި އަހަރުގެ ޢަރަފާތު ދުވަހަކީ މި ހިނގާ ޖޫންމަހުގެ 15ވާ ހޮނިހިރު ދުވަސްކަމަށާއި، އަދި އަޟްޙާ ޢީދު ދުވަހަކީ 16 ޖޫންވާ އާދިއްތަ ދުވަސްކަމުގައިވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް