ޙައްޖުވެރިންގެ ދެވަނަ ފްލައިޓް ރާއްޖެ އަތުވެއްޖެ

ޖޫން 7، 2024: ހައްޖުވެރިން ފުރުން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޙައްޖުގެ މަތިވެރި އަޅުކަމަށް ސައުދީއަށް ދިޔަ މީހުންގެ ދެވަނަ ފްލައިޓް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ދަތުރުކުރި ފްލައިޓް ރާއްޖެ އައީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މި ފްލައިޓުން 352 ހައްޖުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ރާޢްޖެއިން މިއަހަރު ޙައްޖަށް ދިޔަ މީހުންގެ ދެ ގުރޫޕެއް މިހާރަނަށް ރާޢްޖެ އައިސްފައި ވާއިރު ފުރަތަމަ ގްރޫޕުން ރާއްޖެ އައިސްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ގްރޫޕްގައި 296 ހައްޖާޖީން ވަނީ ރާއްޖެއައިސްފައެވެ.

ހަތަރު ގުރޫޕަކަށް ބަހާލައިގެން ޙައްޖުވެރިން ރާޢްޖެ އައުމަށް ހަމަޖެހިފައި ވާއިރު ބާކީ ދެ ގްރޫޕް ރާޢްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހާއި ހަތަރުވަނަ ދުވަހެވެ.

https://sun.mv/193484

ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް 1150 މީހަކު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ވަނީ ޙައްޖަށް ގޮސްފައެވެ. އޭގެ ތެރެއިން 1149 މީހަކު ވަނީ ޙައްޖުގެ އަޅުކަން އަދާކޮށްފައެވެ.

ޙައްޖުވެރިން އެނބުރި އަންނަ ދުވަސްވަރާ ދިމާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ)އިން ވަނީ ބަލިތައް ގިނަވެދާނެތީ ސަމާލުވާން އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް