ބަކާގެ އާއިލާއަށް ރައީސް ތައުޒިޔާ ފޮނުއްވައިފި

ނޮވެމްބަރ 13، 2018: "ސިޔާމް މައުރޫފު ސޮކާ ކަޕް 2018"ގެ ޑްރޯ ނެގުމަށް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) ގެ އާއިލާއަށް ރަައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.

ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ބަކާ ނިޔާވެފައިވާއިރު ސައުދީ ރަސްގެފާނުގެ ދައުވަތުފުޅަށް މިފަހަރު ހައްޖަށް ދިޔަ، 38 އަހަރުގެ ބަކާ ރާއްޖެ އައީ ދާދި ފަހުންނެވެ.

މިކަމާ ގުޅިގެން ރައީސް މުއިއްޒު "އެކްސް"ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމަށް ފަޚްރުވެރި ނަން ހޯއްދަވައިދެއްވާފައިވާ ހުނަރުވެރި ކުޅުންތެރިޔާ ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

ރައީސް ވަނީ މި ހިތާމައިގައި ބައިވެރިވެ މީގެ އިތުރުން ރައީސް ވަނީ މަރްހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ފުރާނަ ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތްދެއްވުން އެދި ދުޢާ ކުރައްވައިފައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުނދަގޫވެގެންނެވެ. އެ މައްސަލަ ދިމާވީ އިންފެކްޝަނެއްގެ ސަބަބުން ކަމަށް ބެލެވޭއިރު، ހައްޖުން އައިއިރު ވެސް ބަކާ ހުރީ ބަލިކޮށް ކަމަށް އެނގިފައިވެއެވެ.

ބަކާ ނިޔާވުމާއެކު މުޅި ކުޅިވަރު އާއިލާއިން ވެސް އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އަދި އާންމުން ވެސް އަންނަނީ ތައުޒިޔާގެ މެސެޖުތައް ރައްދުކުރަމުންނެވެ.

comment ކޮމެންޓް