ބައިނަލްއަގުވާމީ މުބާރާތަކުން ލައިބާ އަނެއްކާވެސް މެޑަލެއް ކާމިޔާބުކޮށްފި

އަނެއްކާވެސް އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކޮށް ލައިބާ ބްރޯންޒް މެޑަލެއް ހޯދައިފި--- ފޮޓޯ/ ފޭސްބުކް: ލައިބާ އަހްމަދު މަހުލޫފް

ކުރީގެ ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފްގެ ދަރިފުޅު ލައިބާ އަޙްމަދު މަހުލޫފް (އެލީ), އަނެއްކާވެސް އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކޮށް ބްރޯންޒް މެޑަލެއް ހޯދައިފިއެވެ.

ލައިބާ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ "ބެޑްމިންޓަން ޔޫރަޕް"ގެ މިރްނާ ޔޫތު އިންޓަނޭޝަނަލް މުބާރާތުގައި ވާދަކޮށްފައިވާ ކަމަށެވެ.

ލައިބާ ކޮށްފައިވާ ޕޯސްޓުގައި ވަނީ ސްލޮވީނިއާގެ މިރްނާގައި އޮތް އެ މުބާރާތުގައި 13 އަހަރުން ދަށުގެ ޑަބަލްސްގައި އޭނާ ވާދަކުރީ ޕާޓްނަރު، ކްރޮއޭޝިއާގެ ތިހާނާ މަވްރިޗެކްއާއެކު ކަމަށެވެ.

ލައިބާ ވަނީ އެ ކާމިޔާބީއަށް ވާސިލުވުމަށް މިނިސްޓަރު އަބްދުﷲ ރާފިއު ވެދެއްވި އެހީތެރިކަން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީގެ އިތުރުން ސޮނީ ސްޕޯޓްސްއަށް ވެސް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން މި ކާމިޔާބީއަށް ވާސިލްވުމުގައި އެހީތެރިވެދިން އެންމެހާ ފަރާތްތަކަށް ވެސް ލައިބާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ލައިބާގެ މި ޕޯސްޓް ޝެއާކޮށް މަހުުލޫފު ވަނީ މިއީ މި އަހަރު ތެރޭ އޭނާ ބައިނަލްއަގުވާމީ މުބާރާތަކުން މެޑަލް ހޯދި ހަތަރު ވަނަ ފަހަރުކަން ފާހަގަކުރައްވައިފައެވެ. އަދި ދަރިފުޅު ހޯދި ކާމިޔާބީއާ މެދު ފަހުރުވެރި ވާކަމަށާއި މުސްތަގުބަލުގައި އިތުރު ކާމިޔާބީތައް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

https://sun.mv/192200

ލައިބާ ވަނީ އާމެނިއަން ޔޫތު އޯޕަން 2024 ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި، ވާދަކޮށް ނިމިދިޔަ މޭމަހުގައި ސިލްވާ މެޑަލް އަކާއި ބްރޯންޒް މެޑަލެއް ވެސް ހޯދާފައެވެ.

comment ކޮމެންޓް