ފުވައްމުލަކުން ޒުވާނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދާ އަޙްމަދު ޢިޔާޝް ވަސީމް --- ފޮޓޯ/ ފުލުހުން

ފުވައްމުލައް ސިޓީގެ ޒުވާނަކު ގެއްލިގެން ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާނުކުރީ ޏ. ފުވައްމުލަކު، ދިގުވާގަނޑު/ އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ)އެވެ.

ފުލުހުން ބުނީ، އިޔާޝް ހޯދުމަށް އިއުލާންކުރީ އާއިލާއަށް ހަބަރުނުވެ ގެއްލިފައިވާތީ ކަމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށް އާއިލާއާ ހަވާލީދީ ފުލުހުން ބުނެއެވެ.

އޭގެއިތުރުން، ޢިޔާޝްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައިގެން ހިއްސާކުރުމަށް އެދިފައެވެ.

މިފަހުން މާލެއިން ވެސް ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ހޯދަން އިއުލާނުކުރިއެވެ. ހޯދަން އިއުލާނުކުރި ދުވަހުގެ ރޭ އެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހުން ގެއްލިގެން ރިޕޯޓުކުރުން ވަރަށް ބޮޑަށް ވަނީ ގިނަވެފައެވެ. އޭގެ ތެރޭގައި ފުރާވަރުގެ ކުދިން ގިނައިން ހިމެނޭއިރު، އާންމުކޮށް ހޯދަން އިއުލާނުކުރާ ހިސާބުން އެ މީހުން ފެނެއެވެ.

comment ކޮމެންޓް