ޕާކިސްތާނުން ޙައްޖަށް ދިޔަ އަންހެނަކު ވިހެއީ އަރަފާތު ބިމުގައި

މި އަހަރުގެ ޙައްޖު ދުވަހު އަރަފާތު ބިމުގައި ވިހޭ ތުއްތު ކުއްޖާ -- ފޮޓޯ/ގަލްްފް ޓުޑޭ

ޕާކިސްތާނުގެ 34 އަހަރުގެ ޙައްޖުވެރިއަކު އަރަފާތު ބިމުގައި ޙައްޖު ދުވަހު ވިހައިފިއެވެ.

އޭނާ ވިހެއީ ފިރިހެން ކުއްޖެކެވެ.

މާތް ވެގެންވާ އެ ބިމުގައި ވިހޭ ކުއްޖާއަށް 'އަރަފާތު'ގެ ނަމުން ނަން ވަނީ ދީފައެވެ. އެ އަންހެން މީހާ ވިހާފައިވަނީ ބަނޑަށް 37 ވަނަ ހަފުތާގައެވެ.

އެ އަންހެންމީހާ ވިހެއުމާ ހަވާލުވެ ހުރި ޑޮކްޓަރު ހާމަކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ އަންހެން މީހާ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔައީ ބަނޑަށް ނުވަ މަހުގައެވެ. އޭގެ ފަހުން އަރަފާތު ބިމުގައި ވިހެއުމަށް އެތައް ފަހަރަކު ބަނޑުގައި ރިއްސި ކަމަށާއި ވިހެއުމުން އިތުރު ޗެކްއަޕްތައް ހެދުމަށް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މަންމައާއި އަލަށް އުފަންވި ކުއްޖާގެ ހާލު ވެސް ރަނގަޅެވެ. އަދި، އަލަށް އުފަންވި ކުއްޖާގެ ބަރުދަނުގައި 3.04 ކިލޯ ހުއްޓެވެ.

އެ އަންހެން މީހާ ވަނީ އޭނާއަކީ ކާކުކަން ސިއްރުކުރުމަށް އެދިފައެވެ. އަދި، ފޮޓޯ ނަގަން ވެސް ބޭނުންނުވާ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް