މި އަހަރުގެ އަމީރުލް ޙައްޖަކަށް އެޑިއުކޭޝަން މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު: މި އަހަރުގެ އަމީރުލްޙައްޖަކަށް ވަޑައިގަންނަވާނީ އެޑިއުކޭޝަން މިނިސްޓަރު -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެއިން މި އަހަރު ޙައްޖަށްދާ މީހުންނާ އެކު އަމީރުލް ޙައްޖެއްގެ ގޮތުގައި ވަޑައިގަންނަވާނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ކަމަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި އަހަރުގެ އަމީރުލް ޙައްޖެއްގެ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ޝަފީއު ހަމަޖައްސާފައިވާ ކަަމަށެވެ.

ރާއްޖެއިން މި އަހަރު ޙައްޖަށްދާ މީހުންގެ އެންމެ ފުރަތަމަ ގުރޫޕު ފުރައިފައިވަނީ މިދިޔަ މަހުގެ 31 ވަަނަ ދުވަހުއެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ސަރުކާރުގެ އެހީގައި ޙައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 1،000 މީހުންގެ ތެރެއިން ފުރަތަމަ 50 މީހުން ވެސް ވަނީ ޙައްޖަށް ފުރާފައެވެ.

ސައުދީ ސަރުކާރުން އިތުރުކޮށްދިން 150 ކޯޓާއާ އެކު މި އަހަރު ރާއްޖެއިން 1،150 މީހުން ޙައްޖަށް ދެއެވެ. އޭގެ ތެރެއިން އެންމެ ފަހު ގްރޫޕުގައި ހިމެނޭ 150 މީހުން ފުރަން ހަމަޖެހިފައިވަނީ މިއަދެވެ.

https://sun.mv/192978

ޝަހީމް ފާހަގަކުރެއްވި ގޮތުގައި މިއީ 2015 ވަނަ އަހަރުން ފެށިގެން އެންމެ ގިނައިން މީހުން ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށްދާ ފަހަރެވެ. ސަރުކާރުން ނިންމާފައިވަނީ މި އަހަރު ހުރިހާ ކޯޓާއެއްގައި ވެސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖަށް ފޮނުވާށެވެ.

ކޮވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން 2020، އަދި 2021ވަނަ އަހަރު ރާއްޖޭން ޙައްޖުގެ އަޅުކަމަށް މީހުންނެއް ނުފޮނުވައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޙައްޖު ކިއު ދިގުވެފައި އޮތީ ކޮވިޑް-19އާ ގުޅިގެން ތިން އަހަރު މީހުންނަށް ޙައްޖަށް ނުދެވުމުގެ ސަބަބުންނެވެ.

މި އަހަރުގެ ޙައްޖު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.

comment ކޮމެންޓް