މިއަދަކީ އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ނަމާދުކުރި ދުވަސް

ޒުވާން ޚަތީބެއް: މިއަދަކީ އެންމެ ގިނަ ޒުވާން ޚަތީބުން އިމާމުވެ ހުކުރު ނަމާދުކުރި ދުވަސް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިއަދަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ޒުވާން ޚަތީބުން އިމާމްވެ ހުކުރު ނަމާދު ކުރި ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބޭހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެކްސަގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދު މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރި ކުދީންނަކީ ޒުވާން ޚަތީބް ޕްރޮގްރާމުން ތަމްރީން ހޯދައި، ސަނަދު ހާސިލްކޮށްފައިވާ ދަރިވަރުން ކަމަށެވެ.

މާލެ ސަރަހައްދުގެ 12 މިސްކިތެއްގައި ޒުވާން ޚަތީބުން ވަނީ އިމާމުވެ ހުކުރު ނަމާދު ކޮށްފައެވެ. އެ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ:

- މަސްޖިދު މުހައްމަދު
- މަސްޖިދު އަމީލް ޖަލީލް
- މަސްޖިދު އުސްމާން
- މަސްޖިދު ސަލާމް
- މަސްޖިދު ހަސަން އާދަމް
- މަސްޖިދުލް އަޞްދީގާ
- މަސްޖިދުއް ސުލްތާން ހަސަން އިއްޒުއްދީން
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދު ފުރްގާން
- މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ
- މަސްޖިދުއް ނޫރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ޚަތީބުން ތަމްރީން ކުރުމުގެ ދެވަނަ ބެޗުގައި 209 ޚަތީބުން ތަމަރީން ކޮށްފައެވެ. އެއާއެކު މިހާތަނަށް 300 އަށްވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމަކީ ގްރޭޑް 10 ،11 އަދި ގްރޭޑް 12ގައި އުޅޭ ކުދިންގެ އިތުރުން ސްކޫލު ނިމިފައިވާ ޒުވާން ކުދިންނަށް ޚާއްސަކޮށްގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް