ތޮއްޑޫ މުޒާހަރާގައި އަނިޔާވި ފުލުސް މީހާގެ ހާލު ރަނގަޅު

ތޮއްޑޫ މުޒާހަރާގައި އަނިޔާވި ފުލުސް މީހާގެ ހާލު ރަނގަޅު--ފޮޓޯ: އެމްވީ ކްރައިސިސް

އއ. ތޮއްޑޫގައި ދަނޑުބިން ދޫކުރަން ނިންމި ގޮތާ ގުޅޭ ގޮތުން ރައްޔިތުންތަކެއް ހިތްހަމަނުޖެހިގެން މިއަދު ކުރި މުޒާހަރާގައި އަނިޔާވި ފުލުސް މީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އަނިޔާވި ފުލުސް މީހާއަށް އެ ރަށުގެ ސިއްޙީ މަރުކަޒުން ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.

މުޒާހަރާ ކުރުމުގެ ތެރޭގައި ކައުންސިލް އިދާރާގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ތޮއްޑޫ ކައުންސިލު އިދާރާ ކައިރިއަށް އެއްވި މީހުން މުޒާހަރާކޮށްފައިވަނީ ދަނޑުވެރިކަމަށް ބިންދޫކުރުމުގައި ކައުންސިލުން އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހިގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް އާންމު މަސްލަހަތު ނަގާލުމަށް މަސައްކަތްކުރަމުން ދާކަމުގެ މައުލޫމާތު މިއަދުގެ 13:00ގައި ފުލުހުންނަށް ލިބިފައި ވާކަމަށެވެ.

https://sun.mv/192876

މުޒާހަރާ ކުރަމުންދާ މީހުންގެ ތެރެއިން ބަޔަކު ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގައު އުކަމުންދާތީ އާއި މަސްލަހަތު ގެއްލުވާލުމަށް މަސައްކަތް ކުރަމުންދާތީ އެގޮތަށް އެ ކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

comment ކޮމެންޓް