މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައިފި، 241 ކޮމިޓީގެ މުގައްރިރަކަށް ސަލީމް

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިޚާބުކޮށް، ކޮމިޓީތައް މިއަދު އެކުލަވާލައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ ދާއިމީ ކޮމިޓީތަކަށް މެންބަރުން އައްޔަންކުރުމަށް ކަނޑައެޅިފައިވާ ގޮތަށް ފާސްކޮށްފައެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)

1. މުގައްރިރު - އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ރެޑްވޭވް ސަލީމް)
2. ނައިބު މުގައްރިރު - އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
3. ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙުމަދު އަޒާން
4. ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު
5. ހުވަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު
6. ދިއްގަރު ދާއިރާގެ މެންބަރު އަަޙުމަދު ނާޒިމް
7. ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ހަބީބް
8. މަހިބަދޫ ދާއިރާގެ މެންބަރު އަޙުމަދު ތޯރިގު (ޓޮމް)
9. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ
10. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު
11. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް
12. މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް
13. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު ހޮވުމަށް ނެގި ވޯޓުން ސަލީމްގެ ނަން ފާސްކޮށްފައިވަނީ އެ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެެވެ. މި ކޮމިޓީގެ ނައިބު މުގައްރިރަކަށް ފަލާހު އައްޔަންކޮށްފައިވާއިރު، އޭނާއަކީ ޕީއެންސީގެ ޕީޖީ ލީޑަރުވެސްމެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ނައިބު މުގައްރިރު: އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު -- ފޮޓޯ/ މަޖިލިސް

ކޮމިޓީއާ ހަވާލުވެ ވަޑައިގަތުމަށް ފަހު ސަލީމް ވިދާޅުވީ 241 ކޮމިޓީއަކީ މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ކޮމިޓީއެއް ކަމަށެވެ. އެހެން ކަމުން އެ ކޮމިޓީގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކުރިޔަށްގެންދެވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށާއި ދިރާސާކުރުމަށް ފަހު، ވަރަށް އަވަހަށް އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީ

  1. މުގައްރިރު - މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް
  2. ނައިބު މުގައްރިރު - އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)
  3. ފޮނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު
  4. ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙުމަދު އަޒާން
  5. ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު
  6. ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ
  7. ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
  8. ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް
  9. ގެމަނަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ޝިހާބު
  10. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަޙުމަދު ޝަމްހީދު
  11. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ

މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ގާސިމްގެ ނަން ކޮމިޓީން ފާސްކުރިއިރު، އޭނާގެ ނަން ހުށަހެޅުއްވީ އެ ކޮމީޓީގެ ނައިބު މުގައްގަރިރު، ސަލީމެވެ. ގާސިމްގެ ނަން ވެސް ފާސްކުރީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު: މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް -- ފޮޓޯ/ މަޖިލިސް

ލާމަރުކަޒީ ކޮމިޓީ

  1. މުގައްރިރު - މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙުމަދު ޒަމީރު
  2. ނައިބު މުގައްރިރު - ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަހީދު
  3. ހެންވޭރު އިތުރު ދާއިރާގެ މެންބަރު މުޙައްމަދު އައިފާން
  4. އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒު
  5. ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ
  6. ބިލެއްދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްލަމް
  7. ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު
  8. ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ
  9. ނިލަންދޫ ދާއިރާގެ މެންްބަރު ފާތިމަތު ސައުދާ
  10. ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
  11. އައްޑޫ މީދު ދާއިރާގެ މެންބަރު އަބްދުއްރަހްމާން

ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު: މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙުމަދު ޒަމީރު -- ފޮޓޯ/ މަޖިލިސް

އިމްތިޔާޒު އަދި ސުލޫކު ކޮމިޓީ

  1. މުގައްރިރު - ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު
  2. ނައިބު މުގައްރިރު - ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު
  3. ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް
  4. މަޑުއްވަރީ ދާއިރާގެ މެންބަރު އަޙުމަދު ޒާހިރު
  5. ބިލެއްދޫ ދާއިރާގެ މެންބަރު އަޙުމަދު އަސްލަމް
  6. ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް
  7. މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް
  8. މަުކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީގު
  9. މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު އަބްދުލްގާދިރު
  10. މެދުހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާސިހު
  11. މާވަށު ދާއިރާގެ މެންބަރު އަޙުމަދު ޝާކިރު

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން 241 ކޮމިޓީ ފިޔަވައި ދެން ހުރި ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވަނީ 11 މެންބަރުންނެވެ. އެ ގޮތުން 241 ކޮމިޓީގައި 13 މެންބަރުން ތިއްބަވަނީ، މަޖިލީހުގައި ހިމެނޭ ކޮންމެ ޕާޓީއަކުންވެސް އެއް މެންބަރަކު އެ ކޮމިޓީގައި އިންނަވަން ޖެހޭތީއެވެ.

comment ކޮމެންޓް