ހަ މަސް ތެރޭ 51 ކިލޯގެ ޑުރަގު އަތުލައިގެންފި، އަގު 100 މިލިއަނުގައި

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ޑްރަގް ކަސްޓަމްސްގެ ބެލުމުގައި ދަށުގައި -- ފޮޓޯ/ ކަސްޓަމްސް

ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ވޭތުވެދިޔަ ހަ މަސް ތެރޭ 51 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.

އަތުލައިގެން 51 ކިލޯގެ މަސްތުވާތަކެތީގެ އަގު 100 މިލިއަން ރުފިޔާއަށް އަރައެވެ.

ކަސްޓަމްސްއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި އެންމެ ގިނައީ ނުރައްކާތެރި ބާވަތެއް ކަމަށްވާ ކޮކެއިންނެވެ. އޭގެ، 18.855 ގްރާމް ވަނީ ހަ މަސް ތެރޭގައި އަތުލައިގެންފައެވެ.

ޖުލައި 8، 2021: ކަސްޓަމްސް ބިލްޑިން: ކަސްޓަމްސްއިން ވަނީ 100 މިލިއަން ރުފިޔާގެ ޑުރަގު އަތުލައިގެންފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަސްޓަމްސްއިން އަތުލައިގެންފައިވާ އިތުރު ބާވަތްތައް:

  • ސިންތެޓިކް ކެތިނޯންސް - 13،536 ގުރާމް
  • ހެރޯއިން - 7،400 ގުރާމް
  • މެތަމްފެޓަމިން - 4،174 ގުރާމް
  • މެފެޑްރޯން - 3،870 ގުރާމް
  • އެމްޑީއެމްއޭ - 1،152 ގުރާމް
  • ހޭޝް އޮއިލް - 910 ގުރާމް
  • އެމްފެޓަމިން - 451 ގުރާމް
  • ކެނަބިސް - 101.80 ގުރާމް
  • ސިންތެޓިކް ކެނަބިނޮއިޑްސް - 25 ގުރާމް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ޕޯސްޓު މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ގިނަވެފައިވާކަން ފާހަގަކުރެވި ކަސްޓަމްސްއާއި ފުލުހުން ދަނީ އެކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އަދި، ޕޯސްޓް ލިމިޓެޑް މެދުވެރިކޮށް އެ ޒަރިއްޔާއިން މަސްތުވާތަކެތި އެތެރެވިޔަ ނުދޭން މަސައްކަތްކުރާނެ ކަމަށް ލޯކަލް ގަވާމަންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް